News

ފޯކައިދޫ ބޮޑު ތަފާތަކުން ބަލިކޮށް މާޒިޔާ އިން އަނެއްކާވެސް ލީޑު ފުޅާކޮށްފި

15 ޖެނުއަރީ 2020






ދިވެހި ޕްރިމިއަރ ލީގުގައި އިއްޔެ ހަވީރު ފޯކައިދޫ އެފްސީ 7-0ގެ ބޮޑު ތަފާތަކުން ބަލިކޮށް މާޒިޔާ ސްޕޯޓްސް އިން އަނެއްކާވެސް ލީޑު ފުޅާކޮށްފިއެެވެ. 

މެޗުގައި މާޒިޔާ އިން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީއިބްރާހީމް މަހުދީ (ފޭދޫ އިއްބެއެވެމި ލަނޑު އިއްބެ ޖެހީ ފޯކައިދޫގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހުބޯޅަ ފޯކައިދޫ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

މާޒިޔާ އިން ފުރަތަމަ ހާފުގައި ފޯކައިދޫގެ ގޯލަށް ފުލު ފުލުގައި ނުރައްކާ ކުރި އިރު އެ ޓީމުން ދެ ވަނަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށެވެމި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އިރުފާން ތަނަވަސްކޮށްދިން ފުރުސަތެއްގައިހަމްޕުއެވެ. ހަމްޕު ފޮނުވާލި ހަމަލާ އަމާޒުވީ ފޯކައިދޫ ގޯލުގެ ތިރީ ކަނަކަށެވެމެޗްގެ ދެވަނަ ހާފް ނިމުނީ 2-0 ގެ ލީޑަކާއި އެކު މާޒިޔާ ކުރީގައި އޮވެގެންނެވެ. 

ދެވަނަ ހާފް މާޒިޔާ އިން ފެށީ ފުރަތަމަ ހާފަށް ވުުރެ ވަރުގަދަކޮށެވެ. ދެވަަނަ ހާފްގެ ކުރީ ކޮޅު އެޓީމުގެ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ވަނީ ހެޓްރިކް ހާދާފައެވެ. މާޒިޔާގެ ހަވަނަ ލަނޑު  މުހައްމަދު އިރުފާން ކާމިޔާބު ކޮށްދިން އިރު ހަތް ވަނަ ލަނޑު ކާމިޔާބު ކުރީ ހުސައިން ނިހާން(ނިހާޓު) އެވެ. 

މި މޮޅާއިއެކު ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ އަށް 17 މެޗުން 44 ޕޮއިންޓް ވަނީ ލިބިފައެވެ. ދެވަނައިގައި އޮތް އީގަލްސް އަށް 16 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ޓީސީއަށް 16 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ އަށް 17 މެޗުން 44 ޕޮއިންޓް ވަނީ ލިބިފައެވެ. ދެވަނައިގައި އޮތް އީގަލްސް އަށް 16 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޓީސީއަށް 16 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. ހަތަރު ވަނައިގައި ގްރީން ސްޓްރީޓް 26 ޕޮއިންޓާއި އެކު އޮތް އިރު 5 ވަނައިގައި ދަ ގްރާންޑޭ އޮތީ 24 ޕޮއިންޓާއި އެކު އެވެ. ފޯކައިދޫ ހަވަނައިގައި އޮތީ 20 ޕޮއިންޓާއި އެކުއެވެ. 

ފޮޓޯ: މާޒިޔާ

 

DPL2019-20 Foakaidhoo Sports Club Maziya Sports and Recreation Club

Leave a Comment:

Comments will be published after moderation.