News

އެފްއޭއެމް އާއި ސައުދީ ފެޑެރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

14 ޖެނުއަރީ 2020






ސައުދީ އަރަބިއާގެ ފުޓްބޯލް ފެޑްރޭޝަނާއެކު ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

އެފްއޭއެމުން ވަނީ، 2018 ވަނަ އަހަރު ގަތަރުގެ ފުޓްބޯޅަ ފެޑްރޭޝަން އާއެކު ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. ރާއްޖެއާ ސައުދީގެ ފުޓްބޯަޅަ ފެޑްރޭޝަން އާއެކު އެއްބަސްވުމުގައި ސޮއި ކުރުން އޮތީ އިއްޔެ ސައުދީ ފުޓްބޯލް ފެޑްރޭޝަންގައި ބޭއްވި ބައްދަލު ވުމުގަ އެވެ.

ސައުދީ އާއެކު ހެދި އެއްބަސްވުމުގައި އެފްއޭއެމްގެ ފަރާތުން ސޮއި ކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. ސައުދީ ފެޑެރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ފެޑެރޭޝަންގެ ޖެނަރަލް ސެކެޓްރީ އިބްރާހިމް އަލް ގާސިމެވެ. 

އެފްއޭއެމުން ބުނީ، މި އެއްބަސްވުމުގެ ދަށުން ފުޓްބޯޅަ އާ ގުޅުން ހުރި ކަންކަމުގައި ދެ ފަރާތަށް ފައިދާ ވާނެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ސައުދީ އަރަބިއްޔާ އިސްވެ އުފެއްދި ދެކުނު އަދި ހުޅަނގު އޭޝިއާގެ ފުޓްބޯލް ފެޑްރޭޝަން (ސްވާފް) ގައިވެސް ރާއްޖެއިން ވަނީ ބައިވެރިވެފަ އެވެ.

އެހެން ނަމަވެސް، ސްވާފްގެ މަސައްކަތްތައް ނުފެށެނީސް އެ ފެޑްރޭޝަންގެ މެންބަރު ކަމުން މި ސަރަހައްދުގެ ބައެއް ގައުމުތައް ވަކިވި އެވެ. ރާއްޖެ ފިޔަވައި ދެކުނު އޭޝިއާއިން ބައިވެރިވި އަނެއް ހަ ގައުމުން ވެސް ސްވާފުން ވަކިވި އެވެ. މިހާރު ސްވާފްގެ ހަރަކާތެއް ނެތެވެ.

FAM

Leave a Comment:

Comments will be published after moderation.