News

ޕްރިމިއަރ ލީގްގެ ދެވަނަ ބުރު ނިމުނު އިރު އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިން

13 ޖެނުއަރީ 2020






ޕްރިމިއަރ ލީގްގެ ދެވަނަ ބުރު ނިމުނު އިރު އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނަ އީގަލްސްގެ އަހްމަދު ރިޒްވާން(ރިޒޭ) އަށް ލިބިއްޖެއެވެ. 

މިލިސްޓުގެ އެއްވަނައިގައި ރިޒޭ އޮތީ 19 ގޯލުޖަހައިގެންނެވެ. މިލިސްޓްގެ ދެވަނަ ލިބެނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ދާދިފަހުން ގްރީން ސްޓްރީޓުން ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވި އަލީ އަަޝްފާގް(ދަގަނޑޭ) އަށެވެ. ދަގަނޑޭ އަށް ދެވަނަ ލިބެނީ 15 ގޯލް ޖަހައިގެންނެވެ. އެއްވަނައިގައި އޮތް ރިޒޭ އާއި ހަތަރު ގޯލްގެ ތަފާތެކެވެ. ތިންވަނައިގައި އޮތީ މާޒިޔާގެ އަސަދުއްލާ އަބްދުއްﷲ ( (އަސަކޮ) އެވެ. އަސަކޮ ވަނީ 2 ވަނަ ބުރު ނިމުނު އިރު 13ގޯލް މާޒިޔާ އަށް ކާމިޔާބު ކޮށްފައެވެ.

11 ގޯލް ޖަހައިގެން ހަތަރުވަނައިގައި އޮތީ މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ ސްޓެވާޑްއެވެ. ފަސް ވަނަ އަށް ދެ ކުޅުންތެރިން ވާދަކުރެއެވެ. މާޒިޔާގެ އިބްރާހިމް ވަހީދު ހަސަން އާއި ޓީސީގެ އިސްމާއިލް އީސަ ވަނީ 10 ގޯލް ކާމިޔާބު ކޮށްފައެވެ. ހަވަނަ ލިބެނީ ޓީސީގެ އިޝާން އަހްމަދަށެވެ. އޭނާ ވަނީ ނުވަ ގޯލް ކާމިޔާބު ކޮށްފައެވެ. 

ހަތްވަނަ އަށް ދެކުޅުންތެރިން ވާދަ ކުރެއެވެ. އީގަލްސްގެ އަލީ ފާސިރު (ސެންޓޭ) އާއި ދަ ގްރާންޑޭގެ ބިދޭސީ ކުޅުންތެރިޔާ އޮބައިދާ ވަނީ ކޮންމެ ކުޅުންތެރިޔަކު 7 ގޯލް ކާމިޔާބު ކޮށްފައެވެ. 

ޕްރިމިއަރ ލީގްގެ ދެވަނަ ބުރުގެ ކުޅުން ނިމިފައިވާއިރު ގިނަ ކުޅުންތެރިންތަކެއް ވަނީ ޓްރާންސްފަރ މާކެޓް ހުޅުވާލުމުން ކުރިން ކުޅެމުން އައި ޓީމުން އެހެން ޓީމް ތަކަށް ބަދަލު ވެފައެވެ.  މިމަހުގެ 15 ވަނަ ދުވަހު ޓްރާންސްފާ މާކެޓް ބަންދުވާނެއެވެ. އަދި ތިންވަނަ ބުރުގެ ކުޅުން އަންނަ އަންގާރަ ދުވަހު ފެށުމަށް ވަނީ ހަމަ ޖެހިފައެވެ. ތިންވަނަ ބުރުގެ ކުޅުން ފަށާނީ މާޒިޔާ އާއި ފޯކައިދޫގެ މެޗުންނެވެ. 

 

DPL2019-20 FAM

Leave a Comment:

Comments will be published after moderation.