News

މިދިޔަ އަހަރުގެ ދެ މުބާރާތުގެ ތަށިވެސް ޑީއެސްސީ އަަށް

13 ޖެނުއަރީ 2020






51 ވަނަ ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން ހޯދައިފި އެވެ. އެންމެ ފަހުން ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޕޮލިސް ކްލަބުންނެވެ.

 

ވޮލީގެ ފިރިހެން ޑިވިޝަނުގެ ދެ ތަށީގެ ވެސް މި މިއަހަރު ހޯދީ ސިފައިންެވެ. އެ ޓީމުން ގައުމީ ލީގު ކާމިޔާބުކުރީ ވެސް ޕޮލިހާ ވާދަކޮށް އެއް ޕޮއިންޓުގެ ފަރަގުން ކުރިހޯދައިގެންނެވެ. ރޭގެ މެޗުގެ ސެޓުތައް ދިޔައީ 25-13، 27-29، 22-25، 25-22 އަދި 13-15 އިންނެވެ.

ސިފައިންގެ ޓީމަށް ތަށި ކާމިޔާބު ކުރުމުގައި އެޓީމުގެ އާދަމް ނަސީމް(އެޑަމް) އާއި ސެޓަރު ހުސެއިން ޝާހިދުގެ އިތުރުން ލިބެރޯ އަހްމަދު ނަބީލް( ނައްބަ) ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މީގެ އިތުރުން އެޓީމުގެ ބޭރު ކުޅުންތެރިޔާ މުބައްޝިރު ރާޒާ އާއި އަހްމަދު އަބްދުލް ކަރީމް (ލޯންގޭ)ގެ ކުުޅުން ފާހަގަ ކޮށްލެވެއެވެ. ޕޮލިހުގެ އަލީ ހުޒާމް (ހުޒަންޓެ) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)ގެ އިތުރުން ސްރީލަންކާ ގައުމީ ކުޅުންތެރިޔާ ދިޕްތީ ރޮމޭޝްގެ ފަރާތުން ބާރު ޝޮޓްތަކެއް ފެނުނު މިމެޗްގައި ޕޮލިހަށް ނާކާމިޔާބުވީ 5 ސެޓަށް ގޮސްގެންނެވެ.

ޕޮލިހުން ގައުމީ މުބާރާތަށް ނުކުތީ އެ ޓީމުގެ ކޯޗުގެ މަގާމަށް ބަދަލެއް ގެނެސްގެންނެވެ. ގައުމީ ލީގުގައި ޕޮލިހަށް ކޯޗުކޮށްދިން އަޝްރަފު އަލީ (އަސްރާ)ގެ ބަދަލުގައި ގައުމީ މުބާރާތުގައި ޕޮލިހަށް ކޯޗުކޮށްދިނީ ފަތުހުﷲ ވަހީދު (ފައްލޯ) އެވެ. ފުރަަތަމަ ސެމީގައި ސިފައިން އަތުން ބަލިވުމުން ޕޮލިހުން ފައިނަލުގެ ފުރުސަތު ހޯދީ ތިން ވަނަ ސެމީގައި ގުޑީސް ސްޕޯޓްސް ކްލަބް އަތުން މޮޅުވެގެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޝަރަފްވެރިކޮށްދެއްވި ރޭގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ސިފައިންގެ ލޯންގޭ އެވެ. މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ސިފައިންގެ މުބައްޝިރު ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ހަމަ އެ ޓީމުގެ އެޑަމް އެވެ. ގައުމީ ބީޗް ވޮލީ ޓީމުގައި ހިމެނޭ އެޑަމް ވަނީ މި ފަހަރުގެ ގައުމީ ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދައިފަ އެވެ.

ފޮޓޯ: މިހާރު

Dhivehi Sifainge Club (DSC) Volleyball

Leave a Comment:

Comments will be published after moderation.