News

ވޮލީ: ކުޑަކާއްޓެ އާއި ލޯންގޭގެ ގަދަ ހިފުން މިރޭ، ފޯރި ގަދަވާނެ!

12 ޖެނުއަރީ 2020






51 ވަނަ ގައުމީ ވޮލީ ބޯޅަ ޗެމްޕިއަންޝިޕްގައި މިރޭ ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ނިކުންނާނެއެވެ. މިރޭގެ މެޗް ފެށުމަށް ހަމަޖެހިފައިވަނީ 21:00 ގައެވެ.

މިރޭ މިދެޓީމު ފައިނަލް މެޗާއި ކުރިމަތިލާއިރު ނިމިގެންދިޔަ ގައުމީ ވޮލީ ބޯޅަ ލީގުގައި މިދެޓީމު ވާދަކޮށް ލީގު ކާމިޔާބު ކޮށްފައިވަނީ ދިވެހި ސިފައިންގެ ކްލަބުންނެވެ. 

މިރޭގެ މެޗް ޚާއްސަވާ ވަރަށް ގިނަ ސަބަބު އެބައޮތެވެ. މިރޭ މެޗަށް ނިކުންނަ އިރު ލީގު ޗެމްޕިއަންކަން ސިފައިން ހޯދާފައިވާތީ މިރޭ ޕޮލިސް ނިކުންނާނީ ސިފައިން ބަލިކުރުމުގެ ވަރުގަދަ އަޒުމުގައެވެ. ޕޮލިސް މި މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދީ ސްޕޯޓްސް ކްލަބް ގުޑީސް އާއި ވަދަކޮށްގެންނެވެ.

އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ދެ ކުޅުން ތެރިންކަމަށްވާ އިސްމާއިލް ސާޖިދު( ކުޑަކާއްޓެ) އަދި އަހްމަދު އަބްދުލް ކަރީމް ( ލޯންގޭ) މި ދެޓީމުން ފެނިގެންދާނެއެވެ. ނިމިދިޔަ އަހަރު ރިސޯޓް މުބާރާތުގައި މި ދެކުޅުންތެރިން ފެނިގެން ދިޔައީ ބަނޑޮސް ޓީމުންނެވެ. މި ދެކުޅުންތެރިންނާއި އެކު ބަޑޮސް މޯލްޑިވްސް ވަނީ ރިސޯޓް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. 

އެންމެ ފަހުން ބޭއްވި ގައުމީ ލީގު ސިފައިން ކާމިޔާބު ކުރިއިރު އެފަހަރު ގައުމީ މުބާރާތް ކާމިޔާބު ކުރީ ޕޮލިސް ކްލަބެވެ. މިފަހަރު ވެސް ގައުމީ ލީގު ކާމިޔާބު ކުރީ ސިފައިންނެވެ. އަދި މިރޭ ގައުމީ މުބާރާތުގައި މިދެޓީމު ބައްދަލު ކުރާނެއެވެ. އެހެން ކަމުން މިރޭގެ މެޗް ވެގެންދާނީ މިދެކުޅުންތެރިންގެ އިތުރުން މި ދެޓީމަށް ވެސް މުހިއްމު މެޗަކަށެވެ. 

 

 

 

Volleyball

Leave a Comment:

Comments will be published after moderation.