News

ފޯކައިދޫގެ ބިދޭސީ ކުޅުންތެރިޔާ ޚަލީލް ވެސް އެހެން ކްލަބަކަށް

12 ޖެނުއަރީ 2020






މިދިޔަ އަހަރު ފޯކައިދޫ އަށް މޮޅު ކުޅުމެއް ދައްކަމުން އައި މިސުރުގެ ކުޅުންތެރިޔާ ޚަލީލް ގަމަލް ޓީސީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.

ޓީސީ ސްޕޯޓްސްގެ ރައީސް އަހްމަދު އައްބާސް ބޯޅަ އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ޚަލީލް އެޓީމާއި ގުޅިފައިވާ ކަމަށެވެ. ޚަލީލް ޓީސީއާއި ގުޅިފައިވަނީ ލޯން އެއްބަސް ވުމެއްގެ ދަށުންނެވެ.

ޚަލީލް އެންމެ ފުރަތަމަ ކުޅެފައިވަނީ ޓީސީ އަށެވެ. އޭގެފަހުން މާޅޮހަށްވެސް އޭނާ ވަނީ ކުޅެފައެވެ. ޚަލީލް ފޯކައިދޫ އާއި ގުޅުނީ މިދިޔައަހަރު ޕްރިމިއަރ ލީގަށެވެ. 

ޓީސީން އިން ވަނީ އޭއެފްސީ ކަޕަށް އެޓީމު ވަރުގަދަ ކުރުމުގެ ރާއްޖޭގަ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އެޓީމަށް ގެންގޮސްފައެވެ.

ދަގަނޑޭގެ އިތުރުން ފޯކައިދޫ އިން މިދިޔައަހަރު ފެނިގެން ދިޔަ ގޯލްކީޕަރު ހަނީފް ސާގިބާއި، މަހުމޫދު ސައީދު (ރާމޯސް) އަދި އަލީ ސާމިހް (ތޮއްޕެ) ވެސް ވަނީ ޓީސީ އާއި ގުޅިފައެވެ. 

ޓީސީ އަންނަނީ އޭ އެފްސީ ކަޕަށް އެޓީމު ވަރުގަދަ ކުރުމުގެ ގޮތުން ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަ ކުރަމުންނެވެ. އަދި ޓީމަށް އިރުޝާދު ދިނުމަށް ރާއްޖޭގެ ފުރަތަމަ ޕްރޯ ލައިސަންސް ކޯޗް މުހައްމަދު ޝާޒްލީ (ޝާޒް) ވަނީ އެޓީމުގެ ކޯޗަކަށް ހަމަޖައްސާފައެވެ. 

DPL2019-20 Foakaidhoo Sports Club TC Sports Club

Leave a Comment:

Comments will be published after moderation.