News

ދަގަނޑޭ އަނެއްކާވެސް ޓީސީ އަށް

10 ޖެނުއަރީ 2020






ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް ( ދަގަނޑޭ) ޓީސީ ސްޕޯޓްސް ކްލަބައަށް މިއަދު ސޮއިކޮށްފިއެވެ.

ޓީސީ ސްޕޯޓްސްގެ ރައީސް އަހްމަދު އައްބާސް ބޯޅަ އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ދަގަނޑޭ އެޓީމާއި ގުޅިފައިވާ ކަމަށާއި އަދި މިއަދު ހަވީރު ބާއްވާ ފަރިތަކުރުންތަކުގައި ދަގަނޑޭ ބައިވެރިވާނެކަމަށެވެ. ދަގަނޑޭ ޓީސީއާއި އެކު ވެފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސް ވުމެކެވެ.

ދަގަނޑޭ ވަނީ 2018 ވަނަ އަހަރު ޓީސީ އަށް ކުޅެ އެއަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދާފައެވެ. އޭގެ ފަހުން އޭނާ ބަދަލުވީ ކްލަބް ގްރީން ސްޓްރީޓަށެވެ. ދަގަނޑޭ ވަނީ ރާއްޖޭގެ ބޮޑެތި ކްލަބް ތަކަށް ކުޅެފައެވެ.

2018 އަހަރުގެ މާޗު މަހު ގައުމީ ޓީމުން ވަގުތީ ގޮތުން ވަކިކުރުމަށް ފަހު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އަނެއްކާ ވެސް ގައުމީ ޓީމުން ޖާގަ ހޯދައި ދަގަނޑޭ ވަނީ ގައުމީޓީމަށް މޮޅުކުޅުމެއް މިދިޔަ އަހަރު ދައްކައިފައެވެ. 

ދަގަނޑޭގެ އިތުރުން ފޯކައިދޫ އިން މިދިޔައަހަރު ފެނިގެން ދިޔަ ގޯލްކީޕަރު ހަނީފް ސާގިބާއި، މަހުމޫދު ސައީދު (ރާމޯސް) އަދި އަލީ ސާމިހް (ތޮއްޕެ) ވަނީ ޓީސީ އާއި ގުޅިފައެވެ. 

ޓީސީ އަންނަނީ އޭ އެފްސީ ކަޕަށް އެޓީމު ވަރުގަދަ ކުރުމުގެ ގޮތުން ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަ ކުރަމުންނެވެ. 

Ali Ashfag (Dhagey) DPL2019-20 TC Sports Club

Leave a Comment:

Comments will be published after moderation.