News

ފޯކައިދޫގެ މުހިންމު ތިން ކުޅުންތެރިން ކަމުގައިވާ ސާގިބް، ރާމޯސް އަދި ތޮއްޕެ ޓީސީއަށް

8 ޖެނުއަރީ 2020






މިއަހަރުގެ ސީޒަނުގައިި ފޯކައިދޫއަށް މޮޅުކުޅުމެއް ދައްކަމުން އައި މުހިއްމު ތިން ކުޅުންތެރިން ކަމުގައިވާ ޕާކިސްތާންގެ ގޯލްކީޕަރު ހަނީފް ސާގިބާއި، ސައްޔިދު މަހްމޫދު (ރާމޯސް) އަދި އަލީ ސާމިހް (ތޮއްޕެ) ޓީސީއަށް ބަދަލުވެއްޖެއެވެ. 

ފޯކައިދޫ އިން ވަނީ ނިމިދިޔަ ސިޒަންގެ ފުރަތަމަ ރައުންޑާއި ދެވަނަ ރައުންޑްގައި ބޮޑެތި ޓީމްތަކާއި ދެކޮޅަށް މޮޅު ކުޅުމެއްދައްކައިފައެވެ. އެގޮތުން ބައެއް ޓީމް ތަކާއި އެއްވަރުކޮށް އަދި ބައެއް ބޮޑެތި ކްލަބްތަކުގެ މައްޗައް ވަނީ ކުރި ހޯދައިފައެވެ. 

ގޯލްކީޕަރު ހަނީފް ސާގިބާއި، މަހުމޫދު ސައީދު (ރާމޯސް) އަދި އަލީ ސާމިހް (ތޮއްޕެ) ވަނީ ފޯކައިދޫ އަށް ރަނގަޅު ކުޅުމެއް ދައްކައިދީފައެވެ.

އުމުރުން 25 އަހަރުގެ ސާގިބް މީގެ ކުރިން ފެނިފައިވަނީ ބީޖީ ސްޕޯޓްސް ކްލަބުންނެވެ. މިސްރުގެ ޑިފެންޑަރު ރާމޯސް އެންމެ ފުރަތަމަ ގެނައީ ކްލަބް އީގަލްސް އިންނެވެ. ކަނާތު ބެކަށް ކުޅޭ ތޮއްޕޭ އެންމެ ފުރަތަމަ ފެނުނީ 2017 ވަނަ އަހަރު ވިކްޓްރީންނެވެ.

މި ކުޅުންތެރިނާއި ނުލައި 3 ވަނަ ރައުންޑް ގައި ފޯކައިދޫ އަށް އުނދަގޫތަކެއް ކުރިމަތިވާނެއެވެ. އަދި  މީގެއިތުރުން ފޯކައިދޫގެ ވައިސް ކެޕްޓަން ޖައިލަމް(އޮގީ) އަށް ވަނީ އަނިޔާވެ އެއް އަހަރު ދުވަހަށް ކުޅުމާއި ދުރައްދާން ޖެހިފައެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ފޯކައިދޫ އަށް ކުޅެމުން އަންނަ 19 އަހަރުން ދަށުގެ ކެޕްޓަން ހަސަން ނަޒީމް ގާސިމް( ޗޯޓު) ވެސް މި ސީޒަނުގައި އެހެން ކްލަބަކަށް ބަދަލުވާނެއެވެ. ފޯކައިދޫ އިން ވެސް މިހާރުވަނީ ޓީމުން ދިޔަ ކުޅުންތެރިންގެ ބަދަލުގައި އެހެން ކުޅުންތެރިން ހޯދުމުގެ މަސައްކަތް ފަށާފައެވެ. 

ޓީސީ އަަށް ބަލާއިރު އެޓީމުން އަންނަނީ އޭ އެފްސީ ކަޕަށް އެޓީމު ވަރުގަދަ ކުރުމުގެ ގޮތުން ގިނަ ކުޅުންތެރިންތަކެއް ހޯދަމުންނެވެ. ޓީސީ އިން ބުނީ އަދި އިތުރު ކުޅުންތެރިން ހޯދުުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ. 

DPL2019-20 Foakaidhoo Sports Club TC Sports Club

Leave a Comment:

Comments will be published after moderation.