News
ރޮކް ސްޓްރީޓް 3 ވަނަ ޑިވިޝަނަށް ރެލިގޭޓް ވެއްޖެ
8 ޖެނުއަރީ 2020
މިދިޔަ އަހަރުގެ 3 ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ރޮކް ސްޓްރީޓް ސްޕޯރޓްސް ކްލަބް މި އަހަރުގެ 2 ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަ ނުކުރަން ނިންމުމުން، 3 ވަނަ ޑިވިޝަނަށް ރެލިގޭޓް ވެއްޖެއެވެ.
އިއްޔެ އެފް.އޭ ހައުސްގައި މިއަހަރުގެ 2 ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރާނެ 9 ޓީމާއި އެކު މުބާރާތުގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވާއިރު ރޮކް ސްޓްރީޓްގެ ނަމެއް މުބާރާތުގެ ބައިވެރިވާ ޓީމުތަކުގެ ތެރޭގައި ނުހިމެނެއެވެ. ރޮކް ސްޓްރީޓް އިން ވަނީ މިދިޔަ އަހަރުގެ 3 ވަނަ ޑިވިޝަންގައި މޮޅު ކުޅުމެއް ދައްކާފައެވެ.
މި އަހަރުގެ 2 ވަނަ ޑިވިޝަނުގައި ވާދަކުރާނެ 9 ޓީމަކީ ދިވެހި ސިފައިންގެ ކްލަބު އާއި، މަހިބަދޫ ސްޕޯރޓްސް ކްލަބާއި، ސްޕަރ ޔުނައިޓެޑް ސްޕޯރޓްސް އާއި، ޖޭޖޭ ސްޕޯރޓްސް ކްލަބްއާއި، ޕީ.ކޭ، ކްލަބް ވެލެންސިއާ، ކުޑަ ހެންވޭރު ޔުނައިޓެޑްއާއި، ބީ.ޖީ ސްޕޯރޓްސް އިތުރުން މިފަހަރު މުޅިން އަލަށް ދެވަނަ ޑިވިޝަނަށް ނިކުންނަ ޤައުމީ 19 އަހަރުން ދަށުގެ ޓީމެވެ.
މިއަހަރުގެ ދެވަނަ ޑިވިޝަން ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެން ގްރޫޕް ސްޓޭޖް ބުރަށްފަހު ގަދަ 4 ޓީމުގެ ސެމީ ފައިނަލް ބުރަކުން ފައިނަލަށް ދަތުރު ކުރާ ދެޓީމަށް ޖެހިގެން އަންނަ އަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާނެއެވެ.
މިއަހަރުގެ ދެވަނަ ޑިވިޝަން މުބާރަތް ފަށާނީ 15 ޖަނަވަރީގައެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ ޤައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ.
FAM 2nd Division
FAM 3rd Division