News

ދެވަނަ ޑިވިޝަންގެ ގުރު ލައިފި، މިއަހަރުގެ މުބާރާތުގައި 9 ޓީމު

7 ޖެނުއަރީ 2020






މި އަހަރުގެ ދެވަނަ ޑިވިޝަން މުބާރާތުގެ ގުރުއަތުލުން މިއަދު އެފް.އޭ ހައުސްގައި ބާއްވާފިއެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ 9 ޓީމަކުން ވާދަކުރާނެއެވެ. މުބާރާތް ކުރިއަށްދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

ގްރޫޕް އޭ ގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބު އާއި، މަހިބަދޫ ސްޕޯރޓްސް ކްލަބާއި، ސްޕަރ ޔުނައިޓެޑް ސްޕޯރޓްސް އާއި، ޖޭޖޭ ސްޕޯރޓްސް ކްލަބްގެ އިތުރުން މިފަހަރު މުޅިން އަލަށް ދެވަނަ ޑިވިޝަނަށް ނިކުންނަ ޤައުމީ 19 އަހަރުން ދަށުގެ ޓީމެވެ.

ގްރޫޕް ބީ ގައި ހިމެނެނީ ކްލަބް ޕީ.ކޭ، ކްލަބް ވެލެންސިއާ، ކުޑަ ހެންވޭރު ޔުނައިޓެޑްގެ އިތުރުން ބީ.ޖީ ސްޕޯރޓްސް އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި އަހަރުގެ މުބާރާތައި ގްރޫޕް ސްޓޭޖް ބުރަށްފަހު ކޮންމެ ގްރޫޕެެެއްގެވެސް ގަދަ ދެ ޓީމު ސެމީ ފައިނަލަށްދާނެއެވެ.

އެހެން އަހަރުތަކާއި ޚިލާފަށް 19 އަހަރުން ދަށުގެ ޓީމެއް 2 ވަނަ ޑިވިޝަނުގައި ބައިވެރި ކުރާގޮތަށް އެފްއޭއެމް އިން ނިންމީ ބައިނަލް އަގުވާމީ މުބާރާތްތަކުގައި އެޓީމު ވާދަ ކުރާއިރު ވާދަވެރި މެޗްތަކެއް ކުޅުމުގެ ފުރުސަތު އެޓީމަށް ހޯދައި ދިނުމުގެ ގޮތުން ކަމަށް ފުޓުބޯޅަ އެސޯސިއޭޝަންއިން ވަނީ ބުނެފައެވެ.



Leave a Comment:

Comments will be published after moderation.