News

އީގަލްސްއަށް ކުޅެމުން އައި އިލޫ ފޯކައިދޫއަށް

31 ޖެނުއަރީ 2019






ކްލަބް އީގަލްސްއަށް ކުޅެމުން އައި ޒުވާން ތަރި އިބްރާހިމް އިލްހާން އިސްމާއިލް (އިލޫ) ފޯކައިދޫ ފުޓުބޯޅަ ކްލަބާ ގުޅިއްޖެއެވެ.

އެފް.އޭ.އެމްއިން އިންތިޒާމްކޮށް ބާއްވާ 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕަށް ފޯކައިދޫއާ ގުޅުން އިލޫއަކީ 19 އަހައުން ދަށުގެ ޤައުމީ ޓީމަށް 7 މެޗު ކުޅެދީފައިވާ ކުޅުންތެރިއެކެވެ. ހުނަރުވެރި މި ކުޅުންތެރިޔާވަނީ މިދިޔަ އަހަރު ބޭއްވުނު 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރާ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.

އިލޫއާއި އެކީ ފޯކައިދޫއިންވަނީ ގްރީން ސްޓްރީޓަސްއަށް 19 އަހަރުންދަށުގެ ޔޫތު މުބާރާތް މިދިޔަ އަހަރު ހޯދުމުގައި މުހިންމު ދައުރެއް އަދާކުރި އިބްރާހިމް އަނޫފްވެސް އެޓީމަށް ގެނެސްފައެވެ. އަނޫފްއަކީ އިލޫއާ އެކީ 19 އަހަރުން ދަށުގެ ޤައުމީ ޓީމްގައި ކުޅެމުން އަންނަ އުންމީދީ ކުޅުންތެރިއެކެވެ. ފޯކައިދޫ ޓީމްގެ އޮފިޝަލަކު ބުނި ގޮތުގައި މިދިޔަ އަހަރުގެ ޔޫތު މުބާރާތުން ފެށިގެން އިލޫ ހޯދުމުގެ މަސައްކަތް ކުރެވެމުން ދިޔަ ކަމަށެވެ.

'ބޯޅަ' އާއި ވާހަކަ ދައްކަމުން އިލޫ ބުނިގޮތުގައި ފޯކައިދޫއަށް ބަދަލުވި އެއް ސަބަބަކީ އޭނާގެ ބޮޑުބޭބެ އަހްމަދު މުހައްމަދު (އަންމަޑޭ)އާއި އަލީ ނިސްތާރު މުހައްމަދާއި އެކު މަސައްކަތް ކުރަން ބޭނުންވާތީކަމުގައެވެ. ނަމަވެސް ފޯކައިދޫއާއި ގުޅުނު މައިގަނޑު ސަބަބަކީ ދިވެހި ފުޓުބޯޅައިގައި ވިދަމުން އަންނަ ޒުވާން ތަރި އަހްމަދު ޖައިލަމް (އޮގީ)އާއި އެކު ކުޅެން ބޭނުންވާތީ ކަމަށެވެ. އޮގީ ފާހަގަ ވެގެންގޮސްފައިވަނީ ފޯކައިދޫ ޓީމްގައި ޕްރިމިއަރ ލީގުގައި މޮޅަށް ކުޅުނު ޒުވާން ކުޅުންތެރިއެއްގެ ގޮތުގައެވެ.

'ބޯޅަ'އާއި ވާހަކަ ދައްކަމުން އިލޫ ބުނެފައިވަނީ،"އަހަރެން ބޭނުން އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިއަށްވާން. 19 އަހަރުން ދަށުގެ ޤައުމީ ޓިމުގެ ފުރަތަމަ އެގާރައަށް އަރަންވެސް ބޭނުން. އޭގެ އިތުރަށް ފޯކައިދޫ ސީނިއަރ ޓީމުން ޖާގަ ހޯދަން ބޭނުން. އޮގީ މިދިޔަ އަހަރު ހާސިލްކުރި ފަދަ ކާމިޔާބީއެއް ހޯދަން ބޭނުން."

ފޮޓޯ: އިމޭޖަޒް އެމްވީ

Club Eagles Club Green Streets Dhivehi Premier League FAM U-21 Youth Championship

Leave a Comment:

Comments will be published after moderation.