News

ނިލަންދޫ އިން ދަގްރާންޑޭ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

3 ޖެނުއަރީ 2020






ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ދަގްރާންޑޭ އާއި ނިލަންދޫ ފުޓުބޯޅަ ކުލަބު ބައްދަލު ކުރި މެޗް 1-1 ގެ ނަތީޖާ އަކުން އެއްވަރުވެއްޖެއެވެ. 

މި މެޗްގައި ފުރަތަމަ ލީޑުނެގީ ނިލަންދޫ އިންނެވެ. މެޗްގެ ހަތްވަނަ މިނެޓްގައި ނިލަންދޫގެ ބިދޭސީ ކުޅުންތެރިޔާ ތޮށިކީ އޮކަމޯޓޯ ވަނީ ލަނޑެއްޖަހައި ނިލަންދޫއަށް ލީޑްނަގައިދީފައެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނީ 1-0ގެ ނަތީޖާ އަކުން ނިލަންދޫ ކުރީގައި އޮވެގެންނެވެ. 

ދަގްރާންޑެއިން ދެވަނަ ހާފްގައިވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ދެވަނަ ހާފްގެ 69 ވަނަ މިނެޓްގައި ނަތީޖާ ހަމަ ހަމަކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ އަޔާޒް އަހްމަދު( އަޔާ) އެވެ. 

މެޗް ނިމެން 15 މިނެޓަށްވެފައި ވަނިކޮށް ނިލަންދޫގެ ބިދޭސީ ކުޅުންތެރިޔާ ލޫކަސް ކުރި ފައުލަކާއި ގުޅިގެން އޭނާއަށްވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ދެންފެނިގެން ދިޔައީ ދަގްރާންޑޭ އިން މެޗު ކާމިޔާބު ކުރުމަށް ގިނަ ހަމަލާތަކެއް އުފެއްދިތަނެވެ. ނަމަވެސް ނިލަންދޫއިން ވަނީ 10 ކުޅުންތެރިންނާއި އެކު ކުޅެ ދަގްރާންޑޭ އަތުން ޕޮއިންޓެއް ހޯދާފައެވެ. 

ލީގުގައި މިރޭ ކުޅޭމެޗްގައި ބައްދަލުކުރާނީ ތާވަލްގެ އެއްވަނައިގައި އޮތް މާޒިޔާ އާއި ފަސްވަނައިގައި އޮތް ފޯކައިދޫ އެފްސީ އެވެ. މި މެޗް ފަށާނީ މިރޭ 21:00 ގައެވެ.

da grande DPL2019-20 F.Nilandhoo

Leave a Comment:

Comments will be published after moderation.