News

ފުޓްސަލް ތަރި ހާއްޕެ މިފަހަރު ޖޭޖޭ ސްޕޯރޓްސްގައި

2 ޖެނުއަރީ 2020







މިވަގުތު ދިވެހި ރާއްޖޭގައި ތިބި އެންމެ ހުނަރުވެރި މޮޅު އަދި ކާމިޔާބި ފުޓްސަލް ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީ ސަފުގައި ނަން ވިދާ އަލީ ހާފިޒު، ދަނޑުމަތީ ނަމުންނަމަ ކުޑަ އައްޔަ ނުވަތަ ހާއްޕެ، މިއަހަރުގެ ދެވަނަ ޑިވިޝަންގައި ފެނިގެންދާނީ ޖޭޖޭ ސްޕޯރޓްސް އިންނެވެ. ޖޭޖޭ އަކީ އެންމެ ފަހުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ދެވަނައެވެ.

ޖޭޖޭގެ ކޯޗު، ޤައުމީ ކުރީގެ ކެޕްޓަން، އައްސަދު އަބްދުލް ޤަނީ ގެ އިރުޝާދުގެ ދަށުން މިހާރުވެސް ހާއްޕެ އަންނަނީ ފަރިތަކުރަމުންނެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވޭ ފުޓްސަލް މުބާރާތްތަކުން ގިނައިން ހާއްޕެ ފެނުނުކަމުގައިވިއަސް ކޮންމެވެސް ވަރަކަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި އަދި ދެވަނަ ޑިވިޝަންގައި ހާއްޕެ އަންނަނީ ކުޅެމުންނެވެ.

ޓީ.ސީ ސްޕޯރޓްސް ފުރަތަމަ ޑިވިޝަނަށް ޕޮރޮމޯޓްވެގެން ރާއްޖޭގެ އެންމެ މަތީ ފަންތީގައި ވަދަކުރަން ނިކުތް އަހަރު ހާއްޕެވަނީ ޓީ.ސީ ސްޕޯރޓްސް އަށް ކުޅެފައެވެ. އަދި 2017 ވަނަ އަހަރު މާޅޮސް ސްޕޯރޓްސް ކްލަބް އާއިއެކީ އެސް.ޓީ.އޯ މާލެ ލީގުގައި ހާއްޕެ ކުޅެފައިވާއިރު 2017 ވަނަ އަހަރުގެ ދެވަނަ ޑިވިޝަންގެ ދެވަނަ ކުޑަ ހެންވޭރު ޔުނައިޓެޑް އިން ހޯދިއިރު ހާއްޕެ އަކީ އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާއެވެ.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފަށާ ސީދާ ތާރީޙެއް އެފް.އޭ.އެމް އިން އަދި އިޢުލާނެއް ނުކުރެއެވެ.



Leave a Comment:

Comments will be published after moderation.