News

މި އަހަރުގެ އެފް.އޭ ކަޕް އަދި 3 ވަނަ ޑިވިޝަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެފް.އޭ.އެމް އިން ހުޅުވާލައިފިި.

2 ޖެނުއަރީ 2020






2018 ވަނަ އަހަރުގެ އެފް.އޭ ކަޕާއި 3 ވަނަ ޑިވިޝަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައި އެފް.އޭ.އެމް އިން އެކަން އިޢުލާންކޮށްފިއެވެ.

މި ދެ މުބާރާތުގައި ބައިވެރިވެވޭނީ އެ އެސޯސިއޭޝަންގައި ރަޖިސްޓްރީކޮށްފައިވާ މެމްބަރު ކްލަބްތަކާއި، ޖަމިއްޔާ ޖަމާއަތްތަކަށާއި، އެސޯސިއޭޓް ކްލަބް ޖަމިއްޔާތަކަށްކަމަށް އެފް.އޭ.އެމްގެ އިޢުލާންގައިވެއެވެ.

އެފް.އޭ.އެމްގެ އިޢުލާންގައި ވާގޮތުން 3 ވަނަ ޑިވިޝަންގައި ބައިވެރިވުމުގެ އެންމެ ފަހުގެ މުއްދަތަކީ 12 ޖަނަވަރީ 2020 ވަނަ ދުވަހުގެ 14:30 އާއި ހަމައަށެވެ. މި މުބާރާތާއިބެހޭ މައުލޫމާތު ބައިވެރިވުމަަށް ފޯރމް ހުށަހަޅާ ޓީމުތަކަށް ދިނުން 13 ޖަނަވަރީ 2020 ވަނަ ދުވަހު އެފް.އޭ.އެމް ގައި އޮންނާނެއެވެ.

މިއަހަރުގެ ފުޓްބޯޅަ އެސޯސިއޭޝަން ކަޕް (އެފް.އޭ.ކަޕް) ގައި ބައިވެރިވުމުގެ އެންމެ ފަހުގެ މުއްދަތަކީ 13 ޖަނަވަރީ 2020 ވަނަ ދުވަހުގެ 14:30 އާއި ހަމައަށެވެ. އަދި އެމުބާރާތާއި ބެހޭ މަޢުލޫމާތު ދިނުން 14 ޖަނަވަރީ 2020 ވަނަ ދުވަހު އެފް.އޭ.އެމް ގައި އޮންނާނެއެވެ.
މި ދެ މުބާރާތުގައި ބައިވެރިވުމަށް އެދި ހުށައަޅާ ފޯރމް 5 ޖަނަވަރީ 2020 ވަނަ ދުވަހުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހަކު އެފް.އޭ.އެމް އިން ލިބެން ހުންނާނެކަމަށް އެއިދާރާ އިން މައުލޫމާތުދެއެވެ.

 

FAM

Leave a Comment:

Comments will be published after moderation.