News

މަހިބަދޫގައި ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށް ފުޓްބޯޅަ މުބާރާތެއް، އައި އެންޑް ޓީ ކަޕް.

1 ޖެނުއަރީ 2020






މަހިބަދޫގައިތިބި ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ އައި.އެންޑް.ޓީ ކަޕް ޖަނަވަރީ 4 ވަނަ ދުވަހު ފަށާގޮތަށް ހަމަޖައްސައި މުބާރާތް އިންތިޒާމްކުރާ މަހިބަދޫ ސްޕޯރޓްސް ކްލަބްއިން އިއުލާންކޮށްފިއެެވެ.

މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްފައިވާ މަހިބަދޫ ސްޕޯރޓްސް ކްލަބުގެ ފޭސްބުކް ޕޭޖް ގައި އިއުލާންކޮށްފައިވާގޮތުން މުބާރާތް ކުރިއަށްދާނީ ސީނިއަރ އަދި ޖޫނިއރ، ދެ ބަޔަކަށް ބަހާލައިގެންނެވެ.

ޖޫނިއަރ ބައި ހާއްސަކޮށްފައިވަނީ 16 އަހަރުން ދަަށުގެ ކުޅުންތެރިންނަށެވެ. މިއީ މިމުބާރާތް މިފަދަ ގޮތަކަށް ބާއްވާ 11 ވަނަ ފަހަރެވެ.



Leave a Comment:

Comments will be published after moderation.