News

ކުޑަ ހެންވޭރުވެސް ދެވަނަ ޑިވިޝަނަށް ތައްޔާރުވަނީ

1 ޖެނުއަރީ 2020






ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތައް ކުޑަ ހެންވޭރު ޔުނައިޓެޑް ފަރިތަކުރުންތައް ފަށާފިއެވެ.

ކުޑަ ހެންވޭރު ޔުނައިޓެޑް އަކީ 2017 ވަނަ އަހަރުގެ ދެވަނަ ޑިވިޝަންގެ ދެވަނައެވެ. ކްލަބް ޒެފްރޯލް އާއި ވާދަކޮށް 2017 އަހަރު ކުޑަ ހެންވޭރު ދެވަނަ ޑިވިޝަން ފައިނަލްގައި ބަލިބީ 4-1 އިންނެވެ.

2018 ވަނަ އަހަރުގެ މާލެ ލީގުގެ ކޮލިފިކޭޝަން ބުރުގައި ވާދަކޮށް ފުރަތަމަ ޑިވިޝަނަށް އެރުމުގެ ފުރުޝަތު ލިބުނުނަމަވެސް މާލީ ގޮތުން ހުރި ދަތިތަކާހުރެ ކުޑަ ހެންވޭރުން ވަނީ އެފުރުޝަތު ދޫކޮށްލާފައެވެ.

މަޢުލޫމާތު ލިބޭގޮތުން ޖަނަވަރީ މަހުގެ ފަހު ކޮޅު އެފް.އޭ.އެމް އިން ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ދެވަނަ ޑިވިޝަންގެ މުބާރާތައް މިހާރުވެސް ދިވެހި ސިފައިންގެ ކްލަބް،ޖޭޖޭ ސްޕޯޓްސް، ކްލަބް ވެލެންސިއާ، ބީ.ޖީ. ސްޕޯރޓްސް އަދި މިއަހަރު މުޅިން އަލަށް ދެވަނަ ޑިވިޝަނަށް ނިކުންނަ 19 އަހަރުން ދަށުގެ ޤައުމީ ޓީމުންވެސް ވަނީ މިހާރު ފަރިތަކުރުންތައް ފަށާފައެވެ.

ފޮޓޯ: އެފް.އޭ.އެމް

 



Leave a Comment:

Comments will be published after moderation.