News

މިރޭގެ މެޗަށް ނުކުންނާނީ މާޒިޔާއަކީ ވަރުގަދަ ޓީމެއްކަން ދަނެގެން: ޝާޒްލީ

26 ޑިސެންބަރު 2019






ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް އާއި ޓީސީ ސްޕޯޓްސް ކްލަބް މިރޭ ބައްދަލު ކުރާ މެޗަށް ޓީސީ ނިކުންނާނީ މާޒިޔާ އަކީ ވަރުގަދަ ޓމެއްކަން ދަނެގެން ކަމަށް ޓީސީ ގެ ކޯޗް މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.

މެޗްގެ ކުރިން އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ޝާޒް ބުނީ ޓީމާއި ހަވާލުވިއިރު ޓީމު އޮތް ހާލަތަށްވުރެ މިހާރު އެޓީމްގެ ހާލަތުރަނގަޅު ކަމަށެވެ. އެހެން ކަމުން މާޒިޔާ އަތުން މޮޅުވެވޭނެ ފުރުސަތު އެބައޮތް ކަމަށް ޝާޒް ބުންޏެވެ. ޓީސީއާ ޝާޒްލީ ހަވާލުވުމަށްފަހު ލީގުގައި އެޓީމުން ކުޅުނު ދެ މެޗުންވެސް ވަނީ މޮޅުވެފައެވެ.

މާޒިޔާގެ ކޯޗު މަރުޖާން ސްކުލޮސްކީ ބުނީ ބްރޭކަށްފަހު ޓީސީން ކުޅުނު ދެ މެޗުގައިވެސް އެޓީމުން މޮޅު ކުޅުމެއް ދައްކާފައިވާ ކަމަށެވެ. އަދި ޓީސީއަކީ މިހާރުގެ ގައުމީ ޓީމާއި ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިންތަކެއް ހިމެނޭ ވަރުގަދަ ޓީމެއް ކަމަށެވެ. ނަމަވެސް މާޒިޔާއިން އަބަދުވެސް މަސައްކަތްކުރާނީ އިދިކޮޅު ޓީމު އަތުން ތިން ޕޮއިންޓު ހޯދުމަށް ކަމަށާއި، މިރޭގެ މެޗުގައިވެސް މާޒިޔާގެ ކުޅުންތެރިންގެ 100 އިންސައްތަ ނެރެވޭތޯ މަސައްކަތް ކުރާނެ ކަމަށްވެސް ބުންޏެވެ.

ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ 14 މެޗުން 35 ޕޮއިންޓާ އެކު އެވެ. ލީގުގައި އިއްޔެ ކުޅުނު މެޗުތަކަށް ފަހު ޓީސީ ވަނީ ހަތަރަކަށް ވެއްްޓިފަ އެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 13 މެޗުން ވަނީ 24 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް 14 މެޗުން ވަނީ 23 ޕޮއިންޓް ލިބިފަ އެވެ. ޓީސީ ހަތަރު ވަަނައިގައި އޮތީ 11 މެޗުން 11 މެޗުން 22 ޕޮއިންޓާ އެކު އެވެ. މިރޭ މާޒިޔާގެ މައްޗަށް ކުރިހޯދައިގެން ޓީސީ އަށް ދެ ވަނަ އަށް އެރޭނެ އެވެ. މިރޭގެ މެޗުން މޮޅުވެގެން ތާވަލުގެ ދެވަނައަށް އެރުމުގެ ފުރުސަތު ޓީސީއަށް އެބައޮތެވެ. އަދި މިރޭގެ މެޗުން މާޒިޔާ ބަލިވެއްޖެނަމަ، އެޓީމުގެ ލީޑު 10 ޕޮއިންޓަށް ކުޑަވާނެއެވެ.

ލީގުގައި މިއަދު ހަވީރު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ފޯކައިދޫ އެފްސީއާއި ދަގްރާންޑޭ އެވެ. މިރޭ މާޒިޔާ އާއި ޓީސީ ބައްދަލުކުރާ މެޗު ފަށާނީ ރޭގަނޑު 21:00 ގައެވެ.

ފޮޓޯ: މިހާރު ނިއުސް

 

 

 

 

DPL2019-20 Maziya Sports and Recreation Club TC Sports Club

Leave a Comment:

Comments will be published after moderation.