News
އަފްގާނިސްތާން ގައުމީ ޓީމުގެ ޑިފެންޑަރ މާޒިޔާއަށް ސޮއިކޮށްފި
20 ޑިސެންބަރު 2019
އަފްގާނިސްތާނުގެ ގައުމީޓީމުގެ ޑިފެންޑަރ މުޚައްމަދު ޝާރިފް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ސޮއިކޮށްފިއެވެ.
އަފްގާންގެ އިތުރުން ރަޝިޔާ ސިޓިޒަންޝިޕް އޮންނަ މުޚައްމަދު ޝާރިފް އޭނާގެ ފުޓުބޯޅަ ކެރިއަރ ފެށީ 2010 ވަނަ އަހަރު ރަޝިޔާ ލީގުންނެވެ. ރަޝިޔާގެ އަންޒީ މަޚަޗްކަލާ އަށް ކުޅުމަށްފަހު އެއް އަހަރުގެ ކޮންޓްރެކްޓެއްގައި ހަމަ އެގައުމުގެ ކްލަބެއްކަމަށްވާ ސްޕާޓަކް ނަލްޗިކާއިއެކު ސޮއިކުރިއެވެ.
މުޚައްމަދު ޝާރިފް ވަނީ ސްވިޑަންގެ ކްލަބެއްކަމަށްވާ އެތްލެޓިކް ފުޓުބޯޅަ ކްލަބް އެސްކިލްސްޓުނާ އަށް 2017 ވަނަ އަހަރު ކުޅެފައެވެ. އަފްގާނިސްތާނުގެ ގައުމީޓީމާއި ގުޅުމަށްފަހު މުޚައްމަދު ޝާރިފް އެންމެ ފުރަތަމަ މެޗެއް ކުޅެފައިވަނީ ވޯލްޑްކަޕް ކޮލިފިކޭޝަންގައި ޖަޕާނާއި ދެކޮޅަށެވެ. އޭނާގެ ފުރަތަމަ އިންޓަރނޭޝަނަލް ގޯލް ޖަހާފައިވަނީ ސިންގަޕޫރާއި ދެކޮޅަށެވެ.
ރާއްޖޭގެ ލީގުގައި މިހާރު އޮތް އެންމެ ވަރުގަދަ ޓީމް ކަމަށްވާ މާޒިޔާ އަކީ މިހާރުވެސް ލީގު ތާވަލުގައި އެންމެ ކުރީގައި އޮތް ޓީމެވެ. އެޓީމް މުޚައްމަދު ޝާރިފް އާއި އެކު އިތުރަށް ވަރުގަދަ ވެގެންދާނެއެވެ. ބޮޑަށް ބެލެވޭގޮތުގައި މާޒިޔާގެ ޓީމް އިތުރަށް ވަރުގަދަ ކުރަމުން އެޓީމުން ނިންމާފައި މިވަނީ ކުރިޔަށް އޮތް އޭފްސީ ކަޕަށެވެ.
ރާއްޖެއިން މި މުބާރާތުގައި ވާދަ ކުރާނީ މާޒިޔާގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބެވެ.
Maziya Sports and Recreation Club