News

ޖޭޖޭ ސްޕޯރޓްސް ކޯޗަކަށް އައްސަދު، މާދަމާ ފަރިތަކުރުންތައް ފަށަނީ.

16 ޑިސެންބަރު 2019






ޖޭޖޭ ސްޕޯރޓްސް ކްލަބްގެ ކޯޗަކަށް ޤައުމީ ކުރީގެ ގޯލްޑް ކެޕްޓަން، އައްސަދު އަބްދުއް ޤަނީ ހަމަޖައްސައިފިއެވެ. އަދި މިފަހަރުގެ ދެވަނަ ޑިވިޝަންގެ މުބާރާތުގައި ވާދަކުރުމަށް ޖޭޖޭގެ ފަރިތަކުރުންތައް މާދަމާ ފަށާނެއެވެ.

ޖޭޖޭ ސްޕޯރޓްސް އަކީ މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަންގެ ދެވަނައެވެ. މިދިޔައަހަރުގެ ފައިނަލްގައި ވާދަކޮށް ޖޭޖޭ ބަލިވީ ދަ ގްރޭންޑޭ އަތުންނެވެ. ދަ ގްރޭންޑޭ އަންނަނީ މިއަހަރު ޕްރިމިއަރ ލީގުގައި ވާދަކުރަމުންނެވެ.

މަޢުލޫމާތު ލިބޭގޮތުން ޖަނަވަރީ މަހުގެ ފަހު ކޮޅު އެފް.އޭ.އެމް އިން ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ދެވަނަ ޑިވިޝަންގެ މުބާރާތައް ޖޭޖޭ ފަރިތަކުރުންތައް ފަށާއިރު، ކްލަބް ވެލެންސިއާ، ބީ.ޖީ. ސްޕޯރޓްސް، ދިވެހި ސިފައިންގެ ކްލަބް ވަނީ މިހާރު ފަރިތަކުރުންތައް ފަށާފައެވެ.

އައްސަދު މިދިޔަ އަހަރު ވަނީ ދެވަނަ ޑިވިޝަން މުބާރާތުގައި ކްލަބް ޒެފްރޯލްއާއި މަސައްކަތްކޮށްފައެވެ.

މިފަހަރު ޖޭޖޭ ޓީމުން ކުރީގެ އަހަރުގެ ތަކުގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅެފައިތިބި ތަޖުރިބާހުރި ކުޅުންތެރިންތަކެއް ފެނިގެންދާނެއެވެ.

ޖޭޖޭ އިންވަނީ ޓީމާއި ގުޅެން ބޭނުންވާ ކުޅުންތެރިންނަށް ޓްރަޔަލް ފުރުޝަތުވެސް ހުޅުވާލައި ކްލަބް ފޭސްބުކްގައި އެކަން އިޢުލާންކޮށްފައެވެ.

 



Leave a Comment:

Comments will be published after moderation.