News

ލާމުގައި ކުރިއަށްދާ ފުޓްސަލް ރެފްރީން ތަމްރީނުކުރުމުގެ ކޯސް

31 ޖެނުއަރީ 2019






ލ.ފޮނަދޫގައި ފުޓްސަލް ރެފްރީން ތަމްރީންކުރުމުގެ ކޯހެއް ކުރިއަށް އެބަދެއެވެ.

މިމަހުގެ 25ން 31ށް ކުރިއަށްދާ މިކޯހުގައި 20 ރެފްރީން ބައިވެރިވެއެވެ. މިއީ ބޭސިކް ފުޓްސަލް ރެފްރީ ކޯސްކަމަށް 'ޞޯޅަ'އަށް މައުލޫމާތު ދެމުން ރެފްރީ އަލީ ސަލީމް  ބުނުއްވިއެވެ. އެގޮތުން ދުވާލަކު 4 ގަޑިއިރު ކިޔަވަދޭއިރު، ކިޔަވަދެނީ ހަވީރު  ދަންފަޅީގައި 2 ގަޑިއިރާ ރޭގަނޑު ދަންފަޅީގައި 2 ގަޑިއިރެވެ. މިކޯސް ކުރިއަށް ގެންދަނީ ލާމު އަތޮޅުގެ ޒުވާނުންގެ ޖަމިއްޔާއެއް ކަމަށްވާ ޔޫތު ޑިވެލޮޕްމެންޓް ސޮސައިޓީ (ވައި.ޑީ.އެސް) އާއި އެ.އޭ.އެމް ގުޅިގެންނެވެ. އެއީ ވައި.ޑީ.އެސްއިން އެދުމުން އެފް.އޭ.އެމްއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ.

'ބޯޅަ'އާއި ވާހަކަ ދައްކަމުން މަޝްހޫރު ރެފްރީ އަލީ ސަލީމް ބުނުއްވީ މިކޯހުގެ އަމާޒަކީ ހައްދުންމަތީ ސަރަހައްދުގައި ރަނގަޅު ރެފްރީން ބިނާކުރުން ކަމަށެވެ. މިފަދަ ކޯސްތަކުން ރަނގަޅު ރެފްރީން އުފަންވުމަކީ ލާމުއަތޮޅު ސަރަހައްދުގެ އިތުރުން މުޅި ރާއްޖޭގައިވެސް ފުޓްސަލް މުބާރާތްތައް ރަނގަޅު ފެންވަރެއްގައި ބޭއްވުމަށް އިތުރުކުރެވޭ އިތުރު ބޮޅެކެވެ.

އެފް.އޭ.އެމްގައި 7 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިފަދަ ކޯސްތަކަށް އެދުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

 

ފޮޓޯ: އިމޭޖަޒް އެމްވީ

FAM Towards Future

Leave a Comment:

Comments will be published after moderation.