News

ކުޑަ ހީނާއާއި އެކު ވެލެންސިއާ ފަރިތަކުރުންތައް ފަށައިފި.

14 ޑިސެންބަރު 2019






އިސްމާޢިލް އާސިފް (ކުޑަ ހީނާ) އާއި އެކު ކްލަބް ވެލެންސިއާ ދެވަނަ  ޑިވިޝަންގެ ފަރިތަކުރުންތައް ފަށައިފިއެވެ.

މަޢުލޫމާތު ލިބޭގޮތުން ޖަނަވަރީ މަހުގެ ފަހު ކޮޅު އެފް.އޭ.އެމް އިން ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ދެވަނަ ޑިވިޝަންގެ މުބާރާތައް ވެލެންސިއާ ފަރިތަކުރުންތައް ފަށާފައިވަނީ މީގެ ކުޑަ ދުވަސްކޮޅެއްކުރިންނެވެ.

ވެލެންސިއާާގެ ކުރީގެ ކުޅުންތެރިއާ އަދި ކޯޗް، ކުޑަ ހީނާއާއި އެކު މީގެ ކުރިންވެސް ވެލެންސިއާއަށް ކުޅެފައިވާ ބައެއް ކުޅުންތެރިން މިފަހަރު ވެލެންސިއާއިން ފެނިގެންދާނެއެވެ.

ވެލެންސިއާގެ އިތުރުން ދިވެހި ސިފައިންގެ ކްލަބް އަދި ބީ.ޖީ ސްޕޯރޓްސް ވެސް މިހާރު ވަނީ ދެވަނަ ޑިވިޝަންގެ ފަރިތަކުރުންތައް ފަށާފައެވެ.

ވެލެންސިއާ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވީ 2018 ވަނަ އަހަރު މާލެ ލީގުގައި އެންމެ ފުލުގައި ނިންމާލަން ޖެހުމުންނެވެ. އަދި ރެލިގޭޝަން ޕްލޭއޮފްގައިވެސް ޔުނައިޓެޑް ވިކްޓަރީއާއި ކުޅެ ބަލިވިމުންނެވެ.

ކުޑަ ހީނައާއި އެކު ވެލެންސިއާ ވަނީ 2016 ވަނަ އަހަރު އެފް.އޭ ކަޕް ކަމީޔާބުކޮށް 2017 ވަނަ އަހަރުގެ އޭ.އެފް.ސީ ކަޕްގެ ޕްލިމިނަރީ ބުރުގައި ކުޅެފައެވެ.

ފޮޓޯ: މިހާރު

Club Valencia FAM 2nd Division

Leave a Comment:

Comments will be published after moderation.