News

މިއެޓް ފުޓްސަލް ފިއެސްޓަރ: ޖައިލަމް އާއި ޔާސިރުގެ ހެޓްރިކުން މޮޅުވެ ހިންމަފުށި އެފްޓީ ސެމީއަށް

7 ޑިސެންބަރު 2019






ކ.ތުލުސްދޫގެ ޖަމިއްޔާ އެއް ކަމަށްވާ މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ(މިއެޓް) އިން އިސްނަގައިގެން ތުލުސްދޫ ދާއިރާގެ ރިސޯޓްތަކާއި ރަށްތައް ހިމެނޭހެނޭހެން ބާއްވާ އެންމެ ބޮޑު ފުޓްސަލް ފިއެސްޓަރގައި ރޭ ކުޅުނު ދެވަނަ މެޗް ހިންމަފުށި އެފްޓީ ކާމިޔާބު ކޮށްފިއެވެ.

ރޭ ކުޅުނު ދެވަނަ މެޗް ހިންމަފުށި އެފްޓީ އިން ކާމިޔާބު ކުރީ 7-4ގެ ނަތީޖާއަކުން އެމްޕަޔަރ ބަލިކޮށްގެންނެވެ. އަހްމަދު ޖައިލަމް އާއި ޔާސިރު ރަގީބް ހެޓްރިކް ހެދި އިރު އަނެއް ލަނޑު ކާމިޔާބް ކޮށްދިނީ ނިހާލް މުހައްމަދެވެ. މި މެޗްގައި އެމްޕަޔަރގެ ގޯލް ތައްކާމިޔާބު ކުރީ އަހްމަދު އަޝްވާން އާއި އީސާ ނަސާތް އަދި ހުސައިން ސާހިލް އެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހިންމަފުށި އެފްޓީގެ އަހްމަދު ޖައިލަމްއެވެ.   

05 ޑިސެމްބަރ އިން 13 ޑިސެމްބަރ އަށް ބާއްވާ މިމުބާރާތުގެ މީޑިޔާ ޕާޓްނަރަކީ ބޯޅައެމްވީއެވެ. އެހެންކަމުން މިމުބާރާތުގެ އެންމެ ފަހުގެ ޚަބަރާއި މައުލޫމާތު ކިޔުންތެރިންނާއި ހަމައަށް ބޯޅައެމްވީގެ ޓީމުން ގެނެސްދެވޭނެއެވެ. އަދި މުބާރާތުގެ ޕޮއިންޓް ޓޭބަލް ބޯޅައެމްވީގެ ސައިޓުން ފެންްނަން ހުންނާނެއެވެ.

މި މުބާރާތުގެ އިތުރު ސްޕޮންސަރުންނަކީ ރިވަރ ސްޕީޑް، ސިކްސް އޭ، ބިޔޯނީ ކެފޭ، ނާލްސް ޖުވެލަރީ، ފިލިވޮށި، ސީޒަން ޕެރަޑައިސް، ރީފްއެޖް، ޔުނިކްޓެކް، އެސް އެޗްއެމް ޓްރޭޑް އަދި އެސްއެމްއެސް ފިއުލް ސަޕްލައި އެވެ. 

MYAT FUTSAL FIESTA

Leave a Comment:

Comments will be published after moderation.