News
ތައި އިންޓަރނޭޝަނަލް ޔޫތު މުބާރާތައް މާޒިޔާގެ 12 އަހަރުންދަށުގެ ޓީމް ފުރައިފި
6 ޑިސެންބަރު 2019
ތައިލެންޑްގައި ބާއްވާ އިންޓަރނޭޝަނަލް ޔޫތު މުބާރާތުގައި ވާދަ ކުރުމަށް މާޒިޔާ އެކަޑަމީގެ 12 އަހަރުން ދަށުގެ ޓީމް ރޭ ތައިލެންޑަށް ފުރައިފިއެވެ.
ތައިލެންޑްގައި މިމަހުގެ 7 އިން 8 އަކަށް ބާއްވާ މި މުބާރާތަށް މާޒިޔާ އެކަޑަމީގެ ޓީމުގައި ހިމެނެނީ 12 ކުޅުންތެރިންގެ އިތުރުން 5 އޮފިޝަލުންނެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަކީ ރާއްޖޭގައި މިހާރު އޮތް އެންމެ ކާމިޔާބު ކްލަބެވެ. އެކަޑަމީ އިން ފެށިގެން ޕްރިމިއަރ ލީގަށް ބަލާލި ނަމަވެސް މިހާރު ރާއްޖޭގައި އެންމެ ހަރުދަނާކޮށް ހިންގަމުންދާ އެއް ކްލަބަކީ މާޒިޔާއެވެ. 
| 12 އަހަރުންދަށުގެ ޗެމްޕިއަން މާޒިޔާ |
މާޒިޔާ އެކަޑަމީ އިން ވަނީ މިއަހަރު އެފްއޭއެމް އިން ބޭއްވި 12 އަހަރުންދަށުގެ ލީގް ޗެމްޕިއަންކަން ވެސް ގައިފައެވެ. އަދި މާޒިޔާގެ 14 އަހަރުންދަށުުގެ ޓީމްވަނީ އިންޑިޔާގެ ޗެންނާއީގައި ބޭއްވި އިންޓަރނޭޝަނަލް ކަޕް އޮފް ޖޯއި ކާމިޔާބުކޮށްފައެވެ. 
| އިންޓަރނޭޝަނަލް ޔޫތު ކަޕް ކާމިޔާބު ކުރި މާޒިޔާގެ 14 އަހަރުންދަށުގެ ޓީމް |
ތައިލެންޑްގައި މި މަހު 7 އިން 8 އަކަށް މިބާއްވާ އިންޓަރނޭޝަނަލް މުބާރާތުގައި ރާއްޖޭގެ ޓީސީ އެކަޑަމީ އިން ވެސް ވަނީ ބައިވެރިވެފައެވެ.
Maziya Academy