News

41 އަންހެން ކުދިންނާއި އެކު ޖުމްލަ 109 ކުދިން ހިމެނޭހެން ނިޔާ އެކަޑަމީ ހުޅުވައިފި

5 ޑިސެންބަރު 2019






41 އަންހެން ކުދިން ހިމެނޭހެން ޖުމްލަ 109 ކުދިންނާއި އެކު ނިޔާ އެކަޑަމީ ހއ. މުރައިދޫގައި ނިޔާ އެކަޑަމީގެ ނަމުގައި އެކަޑަމީއެއް ހުޅުވައިފިއެވެ. 

ރާއްޖޭގެ ކާމިޔާބު އެއް ކްލަބްގެ ގޮތުގައި މީގެ ކުރިން ހިންގި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އިސް މަގާމް ތަކެއް ފުރުއްވާފައިވާ އަހްމަދު ނިޔާޒް މޫސާ (ޓެޑް)ގެ އަމިއްލަ އެކަޑަމީ އަކީ ޔޫތުމިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިގެން ފުޓުބޯޅަ، ވޮލީ އަދި ހޭންޑް ބޯލް ދަސްކޮށްދިނުމުގެ އިތުރުން އިޖްތިމާއީ ކަންކަން މިއެކަޑަމީގެ ފަރާތުން ކުރިޔަށް ގެންދެވޭނެ ކަމަށް ނިޔާ އެކަޑަމީ އިން މައުލޫމާތު ދެއެވެ. 

އެގޮތުން ރަމަޟާންމަހު އެކަޑަމީގެ ކުދިންނަށް ގުރުއާން މުބާރާތްތައް ކުރިޔަށް ގެންދެވޭނެކަމަށް ނިޔާ އެކަޑަމީ އިން މައުލޫމާތުދެއެވެ. ޒުވާނުން ބިނާ ކުރުމަށް ނިޔާ އެކަޑަމީއިން ފެށި މި މަސައްކަތް ހުޅުމާލޭގެ އިތުރުން ހއ. ގެ އިތުރު ރަށެއްގައި ފެށުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ނިޔާ އެކަޑަމީއިން މައުލޫމާތުދެއެވެ. 

ނިޔާ އެކަޑަމީގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ހަމަޖެހިފައިވަނީ އެސްޓީއޯގެ ނިޕޯން ޕެއިންޓްއެވެ. 



Leave a Comment:

Comments will be published after moderation.