News

ޓީމުގެ އަމާޒަކީ ތަށި ނުވަތަ ފައިނަލްގައި ކުޅުން: ސޮބާ

5 ޑިސެންބަރު 2019






ރާއްޖޭގެ ޓީސީ ސްޕޯސް އެކަޑަމީގެ 13 އަހަރުން ދަށުގެ ޓީމް ތައިލެންޑްގައި ބާއްވާ އިންޓަރނޭޝަނަލް މުބާރާތުގައި ބައިވެރި ވުމަށް އިއްޔެ ފުރާފައިވާއިރު އެޓީމުގެ އަމާޒަކީ ތަށި ނުވަތަ ފައިނަލްގައި އެއްކޮޅުން ކުޅުންކަމަށް ޓީމުގެ ހެޑް ކޯޗް ސޮބާހް މުހައްމަދު(ސޮބާ) ބުނެފިއެވެ. 

ސޮބާ ބުނީ މި މުބާރާތަކީ ތައިލެންޑް އިން އިންތިޒާމް ކޮށްގެން ބާއްވާ އިންޓަރނޭޝަނަލް މުބާރާތެއްކަމަށެވެ. މި މުބާރާތުގައި ވަރަށް ވަރުގަދަޓީމްތައް ހިމެނޭކަމަށް ސޮބާބުންޏެވެ. އެގޮތުން ޖަޕާން، ޗައިނާ، ހޮންކޮންގް، އިންޑޮނޭޝިޔާގެ އިތުރުން މެލޭޝިޔާގެ ޓީމްތަކުން ބައިވެރިވެފައިވެއެވެ. 

" ޓާގެޓަކީ އިންޝާﷲ ތަށި ނޫނީ ފައިނަލެއް ކުޅުން، އެކަން ވާނެ އިންޝާﷲ" ސޮބާ ބުންޏެވެ. ސޮބާ ބުނީ ޓީމުގައި ވަރަށް ޓެލެންޓެޑް އަދި މުސްތަގުބަލު އޮތް ކުދިން ޓީމުގައި އެބަތިބިކަމަށެވެ.  އަދި މުސްތަގުބަލުގައި ގައުމީ ޓީމުން ފެންނާނެ ކުދިން އެ ޓީމުގައި އެބަ ތިބިކަމަށް ސޮބާބުންޏެވެ. 

މައުލޫމާތު ލިބިފައިވާގޮތުގައި މި މުބާރާތުގައި ރާއްޖޭގެ ޓީސީގެ އިތުރުން މާޒިޔާގެ ޓީމެއްވެސް ވަނީ ބައިވެރިވެފައެވެ. ރާއްޖޭގެ ގިނަ އެކަޑަމީތަކުން ދަނީ ފަހަކަށް އައިސް ރާއްޖެއިން ބޭރުގައި ބާއްވާ އެކި މުބާރާތް ތަކާއި ޓްރެއިނިންތަކުގައި ރާއްޖެއިން ބޭރުގައި ތަމްސީލް ކުރަމުންނެވެ.  

 

TC Football Academy

Leave a Comment:

Comments will be published after moderation.