News
ޔޫތު ޗެމްޕިއަންޝިޕްގައި ޔުނައިޓެޑް ވިކްޓަރީގެ ނަމުގައި ނިއު ވާދަކުރަނީ
30 ޖެނުއަރީ 2019
އަންނަ ހަފްތާގައި ފެށޭ އެފް.އޭ.އެމް ޔޫތު ޗެމްޕިއަންޝިޕްގައި ނިއުގެ ޒުވާން ޓީމް ޔުނައިޓެޑް ވިކްޓަރީގެ ނަމުގައި ބައިވެރިވާނެއެވެ.
އެފް.އޭ.އެމްގެ ހަރަކާތްތަކުން ސަސްޕެންޑްވެފައިވާ ނިއު ރޭޑިއަންޓްގެ ކުޅުންތެރިންނާއި ކޯޗް އިލްހާމް މުއާވިޔަތު (އިއްލެ) އާއެކު ޔުނައިޓެޑް ވިކްޓަރީގެ ނަމުގައި މިމުބާރާތުގައި ބައިވެރިވުމަށް ޓީމްލިސްޓްތައް އެފް.އޭ.އެމްއަށް ހުށަހަޅާފައިވަނީ މިއަދުއެވެ. މުބާރާތުގައި ބައިވަރިވާ ޓީމްތަކުގެ ޓީމްލިސްޓުތައް ހަވާލު ކުރެވޭ އެންމެ ފަހު ދުވަހަކަށް މިއަދު (30 ޖަނަވަރީ 2019) ހަމަޖެއްސީ ނިއު ސަސްޕެންޑްކުރުމާއި ގުޅިގެންނެވެ.
'ބޯޅަ'އާއި ވާހަކަދައްކަމުން ޔުނައިޓެޑް ވިކްޓަރީގެ ގެނެރަލް ސެކެޓްރީ އިސްމާއިލް ޝަފީއު ބުނެފައިވަނީ،" އަޅުގަނޑުމެން އުފަލާއެކު ޒުވާން ކުޅުންތެރިންނާ ނިއުއަށް އެހީވާނަން. މިފަދަ ވަގުތެއްގައި ޔުނައިޓެޑް ވިކްޓަރީ ގަބޫލު ކުރާގޮތުގައި އެހީގެ އަތެއް ފޯރުކޮށްދިނުމަކީ އެންމެ ރަނގަޅު ގޮތެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެމެން އެންމެން މިއީ ފުޓުބޯޅަ އާއިލާގެ މެމްބަރުން."
ޔުނައިޓެޑް ވިކްޓަރީ ހިމެނެނީ މާޒިޔާ، އީގަލްސް، ގްރީން ސްޓްރީޓްސް އަދި އޭދަފުށްޓާއެކު ގްރޫޕް ބީގައެވެ. އެޓީމް ފުރަތަމަ ކުޅޭނީ މާޒިޔާއާއި ދެކޮޅަށް ފެބްރުއަރީ 7ގައެވެ.
Club Eagles Club Green Streets Eydhafushi Football Team FAM FAM U-21 Youth Championship Maziya Sports and Recreation Club New Radiant Sports Club United Victory