News
ތުލުސްދޫގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ބާއްވައިފި
3 ޑިސެންބަރު 2019
ކ.ތުލުސްދޫ ޖަމިއްޔާ އެއް ކަމަށްވާ މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ އިން އިސްނަގައިގެން ތުލުސްދޫ ދާއިރާގެ ރިސޯޓްތަކާއި ރަށްތައް ހިމެނޭހެނޭހެން ބާއްވާ އެންމެ ބޮޑު ފުޓްސަލް ފިއެސްޓަރގެ ގުރުއަތުލުން ބާއްވައިފިއެވެ.
10 ޓީމް ބައިވެރިވި މި މުބާރާތުގެ ގުރުއަތުލުން ބޭއްވާފައިވަނީ ތުލުސްދޫ ސީޒަން ޕެރަޑައިސްގައެވެ. ކ. ހުރާ، ހިންމަފުށި އަދި ބޮޑު ހިތި ރިސޯޓް މުބާރާތުގައި ބައިވެރި ވެފައިވާއިރު ބާކީ 7 ޓީމަކީ ތުލުސްދޫ އިން ބައިވެރި ވެފައިވާ ޓީމްތަކެވެ.
| މިޔެޓް ފިއެސްޓަރގެ ގުރުއަތުލުމުގެ ތެރެއިން |
މި ފިއެސްޓަރ 3 ގްރޫޕަކަށް ބަހާލާފައިވާއިރު ގްރޫޕް "އޭ" ގައި ހިމެނެނީ ކަންމަތި އެފްސީ، ހުރާ އެފްސީ، ބޮޅު ކޮމިޔުނިޓީ އަދި ބޮޑުހިތި ރިސޯޓެވެ. ގްރޫޕް "ބީ" ގައި ހިމެނެނީ ހިންމަފުއްޓާއި، ކަންމަތި އެންޖީ އަދި އެމްޕަޔަރ އެވެ.
ގްރޫޕް ސީގައި ހިމެނެނީ ބްލެކް އީގަލް އާއި އެޕޮކަލިޕްސްގެ އިތުރުން އެފްސީ ސްޕެރާންޒާއެވެ. މުބާރާތުގެ ފުރަތަމަ މެޗް އޮންނާނީ މިމަހުގެ 5 ވަނަ ދުވަހުގެ ރޭ 20:30ގައެވެ. 
05 ޑިސެމްބަރ އިން 13 ޑިސެމްބަރ އަށް ބާއްވާ މިމުބާރާތުގެ މީޑިޔާ ޕާޓްނަރަކީ ބޯޅައެމްވީއެވެ. އެހެންކަމުން މިމުބާރާތުގެ އެންމެ ފަހުގެ ޚަބަރާއި މައުލޫމާތު ކިޔުންތެރިންނާއި ހަމައަށް ބޯޅައެމްވީގެ ޓީމުން ގެނެސްދެވޭނެއެވެ. އަދި މުބާރާތުގެ ޕޮއިންޓް ޓޭބަލް ބޯޅައެމްވީގެ ސައިޓުން ފެންްނަން ހުންނާނެއެވެ.
މި މުބާރާތުގެ އިތުރު ސްޕޮންސަރުންނަކީ ރިވަރ ސްޕީޑް، ސިކްސް އޭ، ބިޔޯނީ ކެފޭ، ނާލްސް ޖުވެލަރީ، ފިލިވޮށި، ސީޒަން ޕެރަޑައިސް، ރީފްއެޖް، ޔުނިކްޓެކް، އެސް އެޗްއެމް ޓްރޭޑް އަދި އެސްއެމްއެސް ފިއުލް ސަޕްލައި އެވެ.