News
ޕީޓަރ ސެގަޓަކީ ގައުމީޓީމަށްް އެންމެ ރަނގަޅު ކޯޗެއްނޫން؟
28 ނޮވެމްބަރު 2019
މިއީ ބޯޅައެމްވީގެ ކިޔުންތެރިއެއް ރާއްޖޭގެ ގައުމީ ކޯޗާއި މެދު އޭނާ ދެކޭގޮތް ހާމަކޮށް ފޮނުވާފައިވާ ލިޔުމެކެވެ. މި ލިޔުމުގައި ބޯޅައެމްވީގެ އެއްވެސް ހިއްސާއެއް ނޯންނާނެވާހަކަ ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ދަންނަވާލަމެވެ. އަދިހަމަ މި ފުރުސަތުގައި ބޯޅައެމްވީގެ ކިޔުންތެރިން ފޮނުއްވާ ޚިޔާލާއި ޝުއޫރު އަދި ޚަބަރާއި މައުލޫމާތު ބޯޅައެމްވީގެ ޓީމުން ބަލައިގަނެ ބެލުންތެރިންނާއި ހަމައަށް ފޯރުކޮށްދިނުމުގައި ދެމިތިބޭނެވާހަކަ ދަންނަވަމެވެ. އަދި ކިޔުންތެރިން ބޯޅަ އެމްވީއާއި ދޭތެރޭ ތިބަހައްޓަވާގާތްކަމަށް އަޅުގަނޑުމެންގެ ޓީމުން ޝުކުރުދަންނަވަމެވެ.
ޝުހައްޓެ ޑި ސިލްވަރ:
ކޯޗުގެ މޮޅުކަމެއް، ކޯޗުގެ ޕްލޭނެއް އަޅުގަނޑަކަށް ނުފެނުނެވެ. ތަފާތުކަމަކަށް އަޅުގަނޑަށް ފެނުނީ އެންމެ ދެކަމެކެވެ. ފުރަތަމަ ކަމަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމެވެ. ނަމަވެސް އެކަން ވެސް ދިޔައީ އެއްވެސް އިންތިޒާމެއް ނެތިއެވެ. އަނެއްކަމަކީ އެޓޭކިންގޭމެއް ކުޅުވަން ކޯޗް މަސައްކަތް ކޮށްފައި ވުމެވެ. އެއީ ވަރަށް ރަނގަޅު ވިސްނުމެއްކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެއެވެ. މިކަންކަން ފިޔަވައި ގައުމީޓީމްގެ ކޯޗް ޕީޓަރ ސެގާޓްގެ މޮޅުކަމެއް އަޅުގަނޑަށް ފާހަގައެއް ނުކުރެވުނެވެ. މީގެ އިތުރުން ސެގާރޓްގެ ކޯޗުކަމުގެ ދަށުން ދިވެހި ޓީމް ވަނީ ސާފް ޗެމްޕިއަންޝިޕްގެ ޓްރޮފީ ނެގިއެވެ. އެކަމަކު ގްރޫޕް ސްޓޭޖުގައި ފެނުނު ދައްކުޅުމާއި، ލަންކާ އަތުން މޮޅުވެ ފައިނަލަށް ދިޔައީ ޓޮސްކޮށްގެންކަން އަޅުގަނޑުމެން އަދި ހަނދާނެއް ނުނެތެއެވެ. މުޅި މުބާރާތުގައި ވެސް ފެނިގެންދިޔައީ ދައްކުޅުމެކެވެ. ތަފާތަކަށްވީ ރާއްޖޭގެ ހުނަރުވެރި ކުޅުންތެރިންގެ އަމިއްލަ ހުނަރެވެ. ދެން އޮތީ ޗައިނާ މެޗްގެ ވާހަކައެވެ. ޗައިނާ މެޗް ދިޔައީ ގޯހުން ގޯހަށެވެ. ޓީމުގެ ސެލެކްޝަން ގޯސްވުމުގެ ސަބަބުންނާއި ކުޅުންތެރިން ބަދަލު ކުރި ވަގުތު ގޯސްވުމުގެ ސަބަބުންނެވެ. ޗައިނާ މެޗްގައި ކޯޗުގެ ވިސްނުން ފުރަތަމަ ހާފްގައި ހުރީ ޑިފެންސިވް ގޭމެއް ކުޅުމަށެވެ. އަދި ފަހު ހާފްގައި ހުރީ އެޓޭކިން ގޭމެއް ކުޅުވުމަށެވެ. އެހެން ވިސްނި އިރު ފުރަތަމަ ހާފްގައި ޑިފެންސިވް ގޭމެއް ކުޅުވިއިރު އަލީ އަޝްފާގް ބޭނުންކޮށްފައި އެޓޭކިން ގޭމް ކުޅުނުއިރު އަޝްފާގް ނެތުމަކީ ކޯޗަށް ހެދުނު ގޯހެކެވެ. ދެން ސީރިޔާ މެޗްގެ ކަން ކަން ދިޔަގޮތަށް ބަލާލަމާ ހިނގާށެވެ. ސީރިޔާ މެޗުގައިވެސް ޓީމް ސެލެކްޝަން މައްސަލައެވެ. ނަމަވެސް ސީރިޔާ މެޗްގައި އޯވަރޯލްކޮށް ކަންކަން ދިޔަގޮތް އޯވަރޯލްކޮށް ރަނގަޅެވެ. ލަސްވީ އަޝްފާގް ކަހަލަ ކުޅުންތެރިއެއް ކުޅެންއެރުވިލެއް ލަސްކަމެވެ. ސީރިޔާ މެޗްގައި ޑިފެންސް ފުދޭވަރަކަށް ރަނގަޅެވެ. ޚާއްސަކޮށް ގައުމުން ބޭރުގައި ކުޅުނުމެޗެެވެ. ދެން އޮތީ ފިލިޕިންސް މެޗް ވާހަކައެވެ. އެމެޗްގައި ކޯޗުގެ ފުރަތަމަ 11 މުޅިންގޯހެވެ. ފުރަތަމަ 45 މިނެޓް ދިޔައީ ސެންޓަރ ފޯވާރޑެއް ހުރިކަންވެސް ނޭނގިއެވެ. ލިބޭ ބޯޅަވެސް ހޯލްޑް ނުކުރެވިއެވެ. ފުރަތަމަ 11ގައި އަލީ އަޝްފާގް ބޭނުން ނުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތެެވެ. ސީރިޔާ މެޗްގެ ޕާފޯމަންސަށް ބެލިނަމަވެސް އަދި ވަކިން ޚާއްސަކޮށް ގަލޮޅު ދަނޑުގައި ކުޅޭމެޗެއްގައި އަކީ އަޝްފާގުގެ ތަޖުރިބާ ޓީމަށް މުހިއްމެވެ. ކޯޗުގެ ވިސްނުން ހުރީ ދެވަނަ ހާފްގައި އަލީ އަޝަފާގް ބޭނުން ކުރަން ކަމުގައިވާނަމަ ސެންޓަރ ފޯވާޑަކަށް ދާދު ހުރެގެން ފެށިނަމަ މާބޮޑަށްެވެސް ރަނގަޅުވީހެވެ. ފިލިޕިންސް މެޗުގައި ޑިފެންސް ފެނިގެންދިޔައީ ސީރިޔާ މެޗާއި ބަލާ މާބޮޑަށްވެސް ދައްކޮށެެވެ. ފިލިޕިންސް މެޗްގައި ބޭނުންކުރި ޑިފެންސްލައި ސީރިޔާ މެޗްގައި ބޭނުންކުރިނަމައެވެ. ފިލިޕިންސް މެޗަގައި އެޓޭކް ނުކުރެވި އެހާދައްކޮށް ބޯޅަ ހޯލްޑް ނުކުރެވި ދިޔައިމަ ހީކޮށްގެންހުރީ ދެވަނަ ހާފް ފަށާނީ ރަނގަޅު ބަދަލަކާއިއެކު ކަމަށެވެ. ސަބަބަކީ ފިލިޕިންސް ދެވަނަ ހާފްގައި ވަރުގަދަކޮށް ނިކުންނާނެކަން އިނގޭތީއެވެ. ކޯޗްގެ މައްސަލައަކީ ކޯޗުގެ ސެލެކްޝަނާއި ކުޅުންތެރިން ބަދަލުކުރާ ވަގުތެވެ. މީގެއިން އެނގެނީ މި ހާރުގެ ކޯޗް ރަނގަޅު ނޫންކަމެވެ. ޝުކުރިއްޔާ!
Maldives National Team