News

12 އަހަރުން ދަށުގެ ޔޫތު ލީގުގެ ޗެމްޕިއަންކަން މާޒިޔާ އަށް

18 ނޮވެމްބަރު 2019






މާޒިޔާ ފުޓްބޯލް އެކަޑަމީން ދިރާގު 12 އަހަރުން ދަށުގެ ޔޫތު ލީގު ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި މޯލްޑިވްސް ސޮކާ މޭޓްސް އަތުން މާޒިޔާ މޮޅުވީ 4-1ގެ ނަތީޖާއަކުންނެވެ. އިއްޔެ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ އިން ވަނީ ތިން ލަނޑު ޖަހައިފައެވެ. މާޒިޔާއިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު އަނޫފް އަބްދުﷲ ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ރިޒާއު މުހައްމަދެވެ. އަދި ފުރަތަމަ ހާފުގައި ފެނިގެންދިޔައި ސޮކާ މެޓްސްގެ ލަނޑަކީ މާޒިޔާގެ އަހްމަދު ހަމްދު މުހައްމަދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 3-1ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް މާޒިޔާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، އިތުރަށް ލީޑު ފުޅާކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ. މެޗުގައި މާޒިޔާއިން ޖެހި ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ރިޒާއުއެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ ހޯދިއިރު ރަނަރަޕް ޓީމަކަށް ހޮވުނީ މޯލްޑިވްސް ސޮކާ މޭޓްސްއެވެ. މި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ޓީސީ ފުޓްބޯލް އެކަޑަމީއެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް މާޒިޔާގެ އައިދީން އަލީ ހަމީދު ހޮވުނު އިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ މާޒިޔާގެ މުހައްމަދު އަރީފެވެ.

ދިރާގު 12އަހަރުން ދަށުގެ ޗެމްޕިއަންކަން މާޒިޔާ ހޯދިއިރު 14 އަހަރުން ދަށުގެ ޔޫތު ލީގު ވެސް ކާމިޔާބުކުރީ މާޒިޔާ އިންނެވެ.

 

FAM Maldives Soccer Mates (MSM) Maziya Academy

Leave a Comment:

Comments will be published after moderation.