News
ޒުވާން ޔަޒޭވެސް ޓީސީއަށް
30 ޖެނުއަރީ 2019
އުމުރުން 18 އަހަރުގެ މުހައްމަދު ޔަޒްދާން ހުސައިން (ޔަޒޭ) ރޭ ޓީސީއަށް ސޮއިކޮށްފިއެވެ.
އިންޓަރ ސްކޫލް މުބާރާތްތަކުން ވަރަށް ކުޑައިރުއްސުރެ ވިދަމުން އަންނަ ޔަޒޭއަކީ މިދިޔަ އަހަރު ބޭއްވުނު 19 އަހަރުން ދަށުގެ މުބާރާތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއިން ފާހަގަ ކުރެވޭފަދަ މޮޅު ކުޅުމެއް ދެއްކި ޒުވާން ކުޅުންތެރިއެކެވެ. އޭނާވަނީ 2015ވަނަ އަހަރު 16 އަހަރުން ދަށުގެ ޤައުމީ ޓީމްގެ ވައިސް ކެޕްޓަންކަން އެއަހަރު ބޭއްވުނު 16އަހަރުން ދަށުގެ އޭ.އެފް.ސީ މުބާރާތުގެ ކޮލިފިކޭޝަންގަޔާއި 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ކޮށްފައެވެ. މީގެ އިތުރުން 2017ވަނަ އަހަރު ބޭއްވުނު 19އަހަރުން ދަށުގެ އޭ.އެފް.ސީ މުބާރާތުގެ ކޮލިފިކޭޝަންގަޔާއި ހަމަ އެއަހަރު އޮތް 19އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި 19 އަހަރުން ދަށުގެ ދިވެހި ޓީމްގެ ކެޕްޓަންކަން ޔަޒޭވަނީ ކޮށްފައެވެ. މީގެއިތުރުން 2017ން 2018ށް 3ވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ބެންޗް ސްޕޯޓްސް ޓީމަށް އޭނާވަނީ ކުޅެފައެވެ.
އެންމެ ފަހުގެ ދިވެހި ޕްރިމިއަރ ލީގް ޗެމްޕިއަން ޓީސީވަނީ މޮޅެތި އެތައް ކުޅުންތެރިން ގެނެސް ޓީމް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން ގެނައި ކުޅުންތެރިންގެ ތެރޭގައި ޤައުމީ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ) އަދި އިސްމާއިލް އީސަ (މެސީ) ހިމެނެއެވެ.
ޔަޒޭ މިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައިވެސް ޓީސީއިން ފެނިގެންދާނެއެވެ.
ފޮޓޯ: ފޭސްބުކް/ޓީސީ ސްޕޯޓްސް ކްލަބް
Dhivehi Premier League FAM FAM 3rd Division FAM U-19 Youth Championship FAM U-21 Youth Championship Maldives National Team TC Sports Club Transfer Rumours