News

ސެންޓްރަލް ޒޯން މުބާރާތުން ރާއްޖޭގެ އަންހެން ޓީމެއް ފުރަތަމަ ފަހަރަށް ރިހި މެޑަލް ހޯދައިފި

14 ނޮވެމްބަރު 2019






ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ރާއްޖޭގެ އަންހެންޓީމް ރިހި މެޑަލް ހޯދައިފިއެވެ. 

ބަންގުލަދޭޝްގައި މިއަދު ކުރިޔަށް ދިޔަ ފައިނަލް މެޗްގައި ރާއްޖެ ވަނީ ސީދާ 3 ސެޓުން ބަލިވެފައެވެ. މިއަދުގެ ފައިނަލް މެޗް ކުޅުމުގެ ކުރިން ބޯޅައެމވީ އަށް މައުލޫމާތު ދެމުން ގައުމީ ޓީމްގެ އެސިސްޓެންޓް ކޯޗް މުހައްމަދު ފައިސަލް ބުނެފައިވަނީ ނޭޕާލް އަކީ ރާއްޖެއާ އަޅާ ކިޔާނަމަ މާފާސްގޭމެއް ކުޅޭ ޓީމެއްކަމަށެވެ. ފައިސަލް ބުނީ ރާއްޖޭގެ ޓީމް މުބާރާތަށް އައީ މުބާރާތުގެ 3 ވަނަ ހޯދުމުގެ އަޒުމުގައި ކަމަށާއި އެކަމަކު ފައިނަލަށް ޓީމު ދިޔުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. 

މި ދެޓީމް ގްރޫޕް ސްޓޭޖްގައި ބައްދަލުކުރި މެޗް ނޭފާލް އިން ވަނީ ފަސޭހަކަމާއި އެކު ސީދާ 3 ސެޓުން ކާމިޔާބުކޮށްފައެވެ. ފުރަތަމަ ސެޓް ނޭޕާލް ކާމިޔާބު ކުރީ 25-14 އިންނެވެ. ދެ ވަނަ ސެޓް އެ ޓީމުން ކާމިޔާބު ކުރީ 20 ޕޮއިންޓްގެ ލީޑަކާ އެކު އެވެ. އެ ސެޓް ނޭޕާލުން ގެންދިޔައީ 25-5 އިންނެވެ. ފަހު ސެޓް ކާމިޔާބު ކުރީ 25-23 އިންނެވެ.
މިއީ ގައުމީ އަންހެން ޓީމެއް އިންޓަރނޭޝަނަލް މުބާރާތަކުން ރިހި މެޑަލް ހޯދި ފުރަތަމަ ފަހަރެވެ. 

Volleyball

Leave a Comment:

Comments will be published after moderation.