News

ވިލި މުއައްސަސާކަޕް: ނަހްވާން އާއި ވިލްފްގެ ހެޓްރިކުން ވިލިޖޯލި ރޭ ކުޅުނު މެޗުން ވެސް މޮޅުވެއްޖެ

11 ނޮވެމްބަރު 2019






ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލެ ފެރީ ޔުނިޓް ގުޅިގެން ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ވިލި މުއައްސަސާ ކަޕް ރޭ ކުޅުނު ދެވަނަ   މެޗްގައި ވިލިމާލެ ޕޮލިސް އާއި ވިލި ޖޯލި ބައްދަލުކުރި މެޗް 9-4 އަކުން ވިލި ޖޯލި ކާމިޔާބު ކޮށްފިއެވެ. 

ވިލިމާލެ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު "ވިލި މުއައްސަސާ ކަޕް 2019"ގެ ދެވަނަ މެޗް ޝަރަފްވެރި ކޮށްދެއްވީ ކްލަބް އެމްޓީސީސީގެ ޗެއަރމަން އަބްދުއްﷲ ޝިމާޒްއެވެ. މި މެޗުގައި ވިލި ޖޯލީގެ 2 ކުޅުންތެރިން ކަމަށްވާ އާދަމް ނަހްވާން އާއި މުހައްމަދު ވިލްފް ވަނީ ހެޓްރިކް ހަދާފައެވެ. ނަހްވާން 4 ލަނޑު ކާމިޔާބު ކުރި އިރު ވިލްފް ވަނީ 3 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ. އަނެއް ދެލަނޑު ކާމިޔާބު ކޮށްދިނީ އަޔާޒްގެ އިތުރުން ސާމިލްއެވެ. 

ވިލިމާލެ ޕޮލިސް އިން ޖެހި 4 ލަނޑުގެތެރެއިން 2 ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހިޝާމް އަބްދުލް މަޖީދެވެ.  އަނެއް ދެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ހަމްދޫން އާއި މުހައްމަދު މައުސޫމްއެވެ.  މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވިލިޖޯއްޔަށް 4 ލަނޑު ކާމިޔާބު ކޮށްދިން އާދަމް ނަހްވާންއެވެ. 

ދެން މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭއެވެ. މާދަމާރޭ 20:00 ގައި ކުޅޭ "ގްރޫޕު އޭ"ގެ މެޗުގައި އެމްއާރްސީސީ އާއި ވިލި ޖޯލި ބައްދަލުކުރާ އިރު، 21:00ގައި ކުޅޭ "ގްރޫޕު ބީ"ގެ މެޗުގައި ބައްދަލުކުރާނީ ސްޓެލްކޯ އާއި ކްލަބް އެމްޓީސީސީއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 5،000 ރުފިޔާއެވެ. އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. އެ މުބާރާތުގެ ސަޕޯޓިން ޕާޓްނަރަކީ ގާޑަން ބްރީޒެވެ. އެންޓަޓެއިންމަންޓް ޕާޓްނަރަކީ ބިދަބިންއެވެ. އޮފިޝަލް އިވެންޓްސް ޕާޓްނަރަކީ ސައިޓް އެންޑް ސައުންޑްސްއެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ. މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ އެމްވީއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ވީ މީޑިއާއެވެ.

ފޮޓޯ: ސުއާދު އަބްދުލް ސައްތާރު/ އިމޭޖަސް އެމްވީ

 

Villi Mua'ssasaa Cup

Leave a Comment:

Comments will be published after moderation.