News

ވިލި މުއައްސަސާކަޕް: ކްލަބް އެމްޓީސީސީ އާއި މޯލްޑިވްސް ގޭސް ބައްދަލުކުރި މެޗް މޯލްޑިވްސް ގޭސްް ކާމިޔާބުކޮށްފި

11 ނޮވެމްބަރު 2019






ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލެ ފެރީ ޔުނިޓް ގުޅިގެން ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ވިލި މުއައްސަސާ ކަޕް ރޭ ކުޅުނު ފުރަތަމަ  މެޗްގައި ކްލަބް އެމްޓީސީސީ އާއި މޯލްޑްވްސް ގޭސް ބައްދަލުކުރި މެޗް 8-5ގެ ނަތީޖާއަކުން މޯލްޑްވްސް ގޭސް ކާމިޔާބު ކޮށްފިއެވެ. 

ވިލިމާލެ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު "ވިލި މުއައްސަސާ ކަޕް 2019"ގެ ފުރަތަމަ މެޗް ޝަރަފްވެރި ކޮށްދެއްވީ އެމްޓީސީސީ ޓްރާންސްޕޯޓް ސާވިސް ޑިޕާޓްމަންޓްގެ މެނޭޖަރ އަލީ ފާތިޙްއެވެ. މި މެޗުގައިމޯލްޑްވްސް ގޭސް އިން ޖެހި 8 ލަނޑުގެތެރެއިން 5 ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ރަޝީދުއެވެ.  އަނެއް ތިންލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ނާޒް، މޫސާ ޔާމިން އަދި މުހައްމަދު ހުޝާމް އެވެ.  މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މޯލްޑްވްސް ގޭސްގެ 5 ލަނޑު ކާމިޔާބު ކޮށްދިން އަހްމަދު ރަޝީދެވެ. 

ދެން މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭއެވެ. މާދަމާރޭ 20:00 ގައި ކުޅޭ "ގްރޫޕު އޭ"ގެ މެޗުގައި އެމްއާރްސީސީ އާއި ވިލި ޖޯލި ބައްދަލުކުރާ އިރު، 21:00ގައި ކުޅޭ "ގްރޫޕު ބީ"ގެ މެޗުގައި ބައްދަލުކުރާނީ ސްޓެލްކޯ އާއި ކްލަބް އެމްޓީސީސީއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 5،000 ރުފިޔާއެވެ. އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. އެ މުބާރާތުގެ ސަޕޯޓިން ޕާޓްނަރަކީ ގާޑަން ބްރީޒެވެ. އެންޓަޓެއިންމަންޓް ޕާޓްނަރަކީ ބިދަބިންއެވެ. އޮފިޝަލް އިވެންޓްސް ޕާޓްނަރަކީ ސައިޓް އެންޑް ސައުންޑްސްއެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ. މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ އެމްވީއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ވީ މީޑިއާއެވެ.

ފޮޓޯ: ސުއާދު އަބްދުލް ސައްތާރު/ އިމޭޖަސް އެމްވީ

Villi Mua'ssasaa Cup

Villi Mua'ssasaa Cup

Leave a Comment:

Comments will be published after moderation.