News

ރިޔާގެ ރައްދު މަރޭއަށް، އެސްޖީގެ މަގާމުގައިހުންނަވައި، ސީއީއޯގެގޮތުގައި މުސާރަ ނެންގެވީ ހަރާމް ހަލާލް ބައްލަވާފައިތޯ؟

2 ނޮވެމްބަރު 2019






ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒް އޮލިމްޕިކް ކޮމިޓީގެ ސެކެޓްރީ ޖެނަރަލް މަރުޒޫގު އަހްމަދުގެ ފޭސްބުކް އެކައުންޓްގައި އިއްޔެ ލިޔެފައިވާ ޕޯސްޓްގައި ތުހުމަތުކޮށްފައިވާ ވާހަކަ އަކަށް ރައްދު ދެއްވައިފިއެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކެޓްރީ ޖެނަރަލް މަރުޒޫގު އަހްމަދުގެ ފޭސްބުކް އެކައުންޓްގައި އިއްޔެ ލިޔެފައިވާ ޕޯސްޓްއެއްގައި ވިދާޅުވެފައިވަނީ މިދިޔަ 9 އަހަރު ވޮލީބޯޅަ އެސޯސިއޭޝަންގައި މަސައްކަތް ކުރި މީހުން ވަނީ ހަރާމް ހަލާލެއް ނޭނގޭވަރަށް މުޅިތަން ގަޑުބަޑު ކޮށްފައި ކަމަށެވެ. އަދި ސައްހަ ކްލަބެއް އަސާސީ ގަވައިދެއް މެންބަރުންނަކީ ކޮބައިކަމެއް ނޭނގޭވަރު ކޮށްފައިކަމަށެވެ. އެކަން ކަން ކުރީ ބާރުގަދަ ސިޔާސީ ފަރާތްތަކާއި ގުޅިގެން އެކިފަހަރުމަތިން ވީއޭއެމްގެ އެކި ވެރިން އެމީހަކަށް ހެޔޮވަރަށް ކޯޓްފަހަންކަމަށެވެ. 

" މިދިޔަ 9 އަހަރު ވޮލީބޯޅަ އެސޯސިއޭޝަަންގައި މަސައްކަތްކުރި މީހުންވަނީ ހަރާމެއް ހަލާލެއް ނޭނގޭ ވަރަށް މުޅިތަން ގަޑުބަޑުކޮށްފަ. ސައްޙަ ކްލަބެއް އަސާސީ ގަވައިދެއް މެންބާސް އަކީ ކޮބައިކަމެއް ނޭނގޭވަރުކޮށްފަ. މިކަން ކުރީ ބާރުގަދަ ސިޔާސީ ފަރާތްތަކާއި ގުޅިގެން އެކިފަހަރުމަތިން ވީއޭއެމްގެ އެކި ވެރިން އެމީހަކަށް ހެޔޮވަރަށް ކޯޓްފަހަން" މަރޭގެ ފޭސްބުކްގައި ބުނެފައިވެއެވެ. 

މިކަމަށް ރައްދު ދެއްވައި މިއަދު ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒް(ރިޔާ)ގެ ފޭސްބުކްގައި ވިދާޅުވެފައިވަނީ ސެކެޓްރީ ޖެނަރަލްގެ މަގާމުގައި ހުރެ ސީއީއޯގެ ގޮތުގައި މަހުންމަހަށް މުސާރަ ނެގުމުންވެސް ހަރާމް ހަލާލު އޮޅި، ސިސްޓަމް ގަޑުބަޑު ކުރެވިފައިވާ ކަމަށް ނިންމާ ވަކި މީހަކަށް ކޯޓް ހެޔޮވަރު ކުރެވިފައިވާކަމަށް ބެލެވިދާނެކަމަށެވެ. އަދި ހަކުރު ދެންޏާ ބޮޑު ބޭބެ ވާން ވާނީ ވެސް ވަކި މިންވަރަކަށް ކަމަށް ރިޔާ ވަނީ ވިދާޅުވެފައެވެ. 

" އެސްޖީ ގެ މަގާމުގައި ހުރެ ސީއީއޯގެ ގޮތުގައި މަހުންމަހަށް މުސާރަ ނެގީމަވެސް ހަރާމް ހަލާލު އޮޅި، ސިސްޓަމް ގަޑުބަޑު ކުރެވިފައިވާ ކަމަށް ނިންމާ ވަކި މީހަކަށް ކޯޓް ހެޔޮވަރު ކުރެވިފައިވާކަމަށް ބެލެވިދާނެ. ހަކުރު ދެންޏާ ބޮޑު ބޭބެ ވާން ވާނީ ވެސް ވަކި މިންވަރަކަށް" ރިޔާ ވަނީ ވިދާޅުވެފައެވެ.

ވޮލީބޯޅަ އެސޯސިއޭޝަން ހިންގުމުގައި މުހައްމަދު ލަތީފް ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަހްމަދު ސަލީމް ވަނީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ވަނީ ނޯމަލައިޒޭޝަން ކޮމިޓީ އަކާއި ހަވާލުކޮށްފައެވެ. އެމައްސަލަ މުހައްމަދު ލަތީފް ވަނީ އޭޝިޔާގެ ވޮލީގެ މައި އިދާރާ އަދި ދުނިޔޭގެ ވޮލީގެ މައި އިދާރާ އެފްއައިވީބީ އަށް ހުށަހަޅާފައެވެ. މިމައްސަލައިގައި އެފްއައިވީބީން ރާއްޖެއަށް ފޮނޮވާފައިވާ ސިޓީގައި ބުނެފައިވަނީ ނޯމަލައިޒޭޝަން ކޮމިޓީއަކީ ސައްހަ ކޮމިޓީއެއް ކަމަށް ނުބަލާ ކަމަށެވެ. އަދި އެ އެސޯސިއޭޝަންގެ ހިންގުން އެންމެ ފަހުން އިންޓިޚާބުވި ކޮމިޓީއާއި ހަވާލު ކުރުމަށް އެފްއައިވީބީން ވަނީ އަންގާފައެވެ. 

ވޮލީބޯޅަ އަށް ސަސްޕެންޝަން އެއް އައުމުގެ ކޮޅުމަތި ފެނިފައިވާއިރު ކުޅިވަރާއި ބެހޭ އިދާރާތަކުންނާއި ވޮލީގެ އިސްފަރާތްތައް ކިބައިން ފެންނަނީ ޒިންމާ ދާރުކަން ކުޑަކޮށް އަމަލު ކުރަމުންދާ މަންޒަރެވެ. ކަން ކަން ހައްލު ކުރުމުގެ ބަދަލުގައި އެއްބަޔަކު އަނެއްބަޔަކަށް އިނގިލި ދިގުކޮށް ބާރުގެ ބޭނުންކޮށް ޖަދަލު ކުރާ މަންޒަރެވެ. މިހާރު ވޮލީއަށް ޖެހިގެން އުޅޭ މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ ގޮތެއްގައި ވާހަކަ ދައްކާ، އެއް މޭޒެއްގެ ދޮށަށް މިކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކުން އައިސް މިޖެހިގެން އުޅޭ މައްސަލަ ހައްލު ނުކޮށްފިނަމަ ވޮލީ އާއިލާ އަށް ދެރަގޮތްތަކެއް ވުމަކީ ދުރުކަމެއް ނޫނެވެ.  

Volleyball

Leave a Comment:

Comments will be published after moderation.