News

ދިވެހި ސަޕޯޓަރުން އަބަދުވެސް އިންމަ މަތިން މިސްވާނެ

1 ނޮވެމްބަރު 2019






ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު 20 އަހަރަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

އިމްރާންގެ ފޭސް ބުކް މެދުވެރިކޮށް ދިން މެސެޖެއްގައި އިމްރާން ބުނެފައި ވަނީ "އަހަރެން އުއްމީދުކޮށްގެން މިހިރީ ގޯލްކީޕަރުންގެ ގޮތުގައި ޒުވާން ހުނަރުވެރިން ތިބޭނެ ކަމަށް. އަހަރެންގެ ހެޔޮއެދުންތައް އަބަދުވެސް އޮންނާނީ ދިވެހި ފުޓްބޯޅަ އާއިލާއާ އެކު. ދިވެހި ފުޓްބޯޅަ އާ އަރުފަތަކަށް އެރުމުގެ ތައުފީގް މާތްﷲ ދެއްވާށި. އާމީން،" އިމްރާން ފޭސްބުކުގައި ލިޔެފައިވެ އެވެ.

ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން ގައުމީ އިނާމް މިއަހަރު ހާސިލްކުރި އިމްރާން ބުނީ 'ފުޓްބޯޅައިން ރިޓަޔާކުރަން ނިންމާފައިވާ ކަމަށާއި" މިއީ "އެ ފިޔަވަޅު އަޅަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރާ" ކަމަށެވެ.

ސާފް ޗެމްޕިއަން ޝިޕްގައި އެންމެ ފުރަތަމަ ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ޓީމުގައި އިމްރާން ވަނީ މުހިއްމު ރޯލެއް އަދާކޮށްފައެވެ. ގައުމީ ފުޓްބޯޅަ ޓީމަށް 17 އަހަރު ކުޅެދިނުމަށް ފަހު 2016 ގައުމީ ޓީމުން ރިޓަޔާކުރި އިމްރާން އެއްކޮށް ކުޅުން ހުއްޓާލީ އޭނާ މިހާރު ކުޅެމުން އަންނަ ޓީސީ ސްޕޯޓްސްގެ ކޮންޓްރެކްޓް ސީޒަނުގެ މެދަކާ ހަމައިން އުވާލުމަށް ފަހު އެވެ. 

ރާއްޖޭގެ ބޮޑެތި ކްލަބް ތަކަށް އިންމަ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމުގައި ބޮޑު ރޯލެއް އަދާކޮށްފައެވެ. އަދި އިންމަގެ މޮޅުކުޅުމަކީ އެއްވެސް ދިވެއްސަކު ހަނދާނުން ފިލައިގެން ދާނެ ކަމެއް ނޫނެވެ.

 

 

Imran Mohamed(Imma)

Leave a Comment:

Comments will be published after moderation.