News

ވިލި މުއައްސަސާކަޕް: ގުރުއަތުލުން ބާއްވައި، ފުރަތަމަ މެޗްގައި ވިލިމާލެ ޕޮލިސް އާއި އެމްޑަބްލިއުއެސްސީ

30 އޮކްޓޯބަރު 2019






ވިލި މާލެ މުއައްސަސާތަކުގެ މެދުގައި ކުރިޔަށްގެންދާ "ވިލި މުއައްސަސާ ޕަކް"ގެ ގުރުއަތުލުން މިއަދު ބާއްވައިފިއެވެ.

އެމްޓީސީސީ ޓަވަރުގައި މިއަދު ކުރިޔަށް ގެންދިޔަ ގުރުއަތުގައި މުބާރާތުގައި ބައިވެރިވާ 8 ޓީމު ވަނީ ބައިވެރިވެފައެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި ފެށޭ މަހުގެ 07 ވަނަ ދުވަހުގެ ހަވީރު ވިލިމާލެ ފުޓްސަލް ގްރައުންޑްގައެވެ. މުބާރާތުގައި ބައިވެރިވާ ޓީމްތަކަކީ ވިލިމާލެ ޕޮލިސް، އެމްޑަބްލިއުއެސްސީ، ވިލިޖޯލި، އެމްއާރްސީސީ ކޯސްޓްގާޑް، މޯލްޑިވްސް ގޭސް، ކްލަބް ވެމްކޯ، ސްޓެލްކޯ އަދި ކްލަބް އެމްޓީސީސީއެވެ. 

މުބާރާތް ދެގުރޫޕަކަށް ބަހާލާފައިވާއިރު ގްރޫޕް "އޭ" ގައި ހިމެނެނީ ވިލިމާލެ ޕޮލިސް، އެމްޑަބްލިއުއެސްސީ، ވިލިޖޯލި އަދި އެމްއާރްސީސީ ކޯސްޓްގާޑްއެވެ. ގްރޫޕް "ބީ" ގައި ހިމެނެނީ  މޯލްޑިވްސް ގޭސް، ކްލަބް ވެމްކޯ، ސްޓެލްކޯ އަދި ކްލަބް އެމްޓީސީސީއެވެ. 

މުބާރާތް ހުޅުވާމެޗްގައި ބައްދަލު ކުރާނީ ވިލިމާލެ ޕޮލިސް އާއި އެމްޑަބްލިއުއެސްސީގެ ޓީމެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ މޯލްޑިވްސް ގޭސް އާއި ކްލަބް ވެމްކޯ އެވެ. 

ވިލިމުއައްސަސާ ކަޕް އަކީ ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުންބަދަހިކުރުމުގެ މަގުސަދުގައި އެމްޓީސީސީގެފަރާތުން އިސްނަގައިގެން ކޮންމެ އަހަރަކު ކުރިޔަށްގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި މިދިޔައަހަރުގެ ޗެމްޕިއަން ކުޑަކުދިންގެ ހިޔާ މުއައްޒަފުންގެ ދަތިކަމާއި ހެދި ބައިވެރިވެފައިނުވެއެވެ. 

މިމުބާރާތުގެ ޗެންޕިއަންޓީމަށް 15000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ރަނަރަޕްޓީމަށް 5000 ރުފިޔާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. މުބާރާތުގެ ފެއަރޕްލޭޓީމާއި މުބާރާތުގެ މޮޅު 5 ކުޅުންތެރިނާއި އެންމެ ގިނަ ގޯލް ޖެހި ފަރާތް އަދި ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ. 

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވިލި މުއައްސަސާ ކަޕްގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. މީޑިޔާ ޕާޓްނަރަކީ ވަންއޮންލައިން އެވެ. އޮންލައިން މީޑިޔާ ޕާޓްނަރަކީ ބޯޅަ އެމްވީއެވެ. ސަޕޯޓިން ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ގާޑަން ބްރީޒެވެ. މުބާރާތުގެ އެންޓަޓެއިންމަންޓް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ބިދަބިންއެވެ. އެ މުބާރާތުގެ އޮފިޝަލް އިވެންޓްސް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސައިޓް އެންޑް ސައުންޑްސްއެވެ. 

މިއީ ވިލި މުއައްސަސާ ކަޕް ބާއްވާ ތިންވަނަ އަހަރެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. ފާއިތުވެދިޔަ ދެ އަހަރު ވެސް އެ މުބާރާތް ބާއްވާފައިވެއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި އެމްޓީސީސީ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ވިލިމާލެ ހިޔާއެވެ. އަދި 2017 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ.

ފޮޓޯ: އައުޒަމް/ ވަން އޮންލައިން

Villi Mua'ssasaa Cup

Leave a Comment:

Comments will be published after moderation.