News

ތުލުސްދޫ ދާއިރާއަށް ހުޅުވާލެވިގެން ބާއްވާ އެންމެ ބޮޑު ފުޓުސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

25 އޮކްޓޯބަރު 2019






ތުލުސްދޫ ޖަމިއްޔާ އެއްކަމަށްވާ މަލްޓި ޔޫތް އެސޯސިއޭޝަން އޮފް ތުލުސްދޫ(މިޔެޓް)ގެ ފަރާތުން ތުލުސްދޫ ދާއިރާގެ ހުރިހާ ރަށަކަށް އަދި ރިސޯޓްތައް ހިމެނޭހެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ މިޔެޓް ފުޓްސަލް ފިއެސްޓަރގައި ބައިވެރި ވުމަށް އަންނަ ނޮވެބަރު މަހުގެ 20ވަނަ ދަވަހާއި ހަމައަށް ހުޅުވާލައިފިއެވެ. 

ޑިސެމބަރ މަހުގެ 5 އިން 13ގެ ނިޔަލަށް ކުރިޔަށް ގެންދާ މި މުބާރާތުގެ ޗެމްޕިއަންޓީމަށް 25000 ރުފިޔާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. ރަނަރަޕް ޓީމަށްް 10000 ރުފިޔާ ވަނީ ކަނޑަ އަޅާފައެވެ. މިޔެޓް ބާއްވާ މި މުބާރާތުގައި އެއްރަށަކުން ކިތައްމެ ގިނަ ޓީމްތަކަށްވެސް ބައިވެރި ވުމުގެ ފުރުސަތު އޮވެއެވެ. ރަށުން ބޭރު 3 ކުޅުންތެރިން ޖެހުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ވެސް ލިބިގެންދާނެއެވެ. އަދި ރިސޯޓްތަކަށް އެރިސޯޓުގައި މަސައްކަތް ނުކުރާ 3 ކުޅުންތެރިން ޖެހުމުގެ ފުރުސަތު ލިބިގެންދާއިރު އެހެން ހުރިހާ ކުޅުންތެރިން ވާން ޖެހޭނީ ރިސޯޓްގައި މަސައްކަތް ކުރާ ކުޅުންތެރިންނަށެވެ. 

މި މުބާރާތުގައި ބައިވެރި ވުމުގެ ފީއެއްގެ ގޮތުގައި 1000 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ. މުބާރާތުގައި ބައިވެރި ވުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 9753473 އަދި 9632117 އާއި ގުޅުވައިގެން ކުރިޔަށް ގެންދިޔުމަށް މިޔެޓް އިން ވަނީ އެދިފައެވެ. މުބާރާތުގައި ބައިވެރި ކުރެވެނީ އެންމެ ކުރިން ހުށަހަޅާ 12 ޓީމަށްކަމަށް މިޔެޓް އިން ވަނީ ބުނެފައެވެ.  

މިޔެޓް ފުޓްސަލް ފިއެސްޓަރގެ މީޑިޔާ ޕާޓްނަރަކީ ބޯޅައެމްވީއެވެ. މި މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު އަދި ޕޮއިންޓް ޓޭބަލް ބޯޅައެމްވީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. 



Leave a Comment:

Comments will be published after moderation.