News
ވިލި މުއައްސަސާ ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ބޯޅައެމްވީ ހަމަޖައްސައިފި
19 އޮކްޓޯބަރު 2019
ކްލަބު އެމްޓީސީސީން އިންތިޒާމުކޮށްގެން ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ވިލި މުއްސަސާ ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ބޯޅަ.މެވީ ހަމަޖައްސައިފިއެވެ.
ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ފޯރިގަދަ ފުޓުބޯޅަ މުބާރާތުގެ އޮންލައިން މިޑިޔާ ޕާޓްނަރަކަށް ބޯޅަ އެމްވީ ހަމަޖެއްސީ ހޮނިހިރު ދުވަހުގެރޭ ހުޅުމާލެ، މިންސްޑެލީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ. ކްލަބު އެމްޓީސީސީގެ ފަރާތުން ބޯޅަ އެމްވީ އާއި އެކު ވެވުނު އެއްބަސް ވުމުގައި ސޮއި ކޮށްފައިވަނީ މުބާރާތުގެ އޮގަނައިޒިން ކޮމިޓީގެ މެންބަރ ފާތިމަތު ރިޝްފާއެވެ. އަދި ބޯޅަ އެމްވީގެ ފަރާތުން ސޮއި ކޮށްފައިވަނީ ބޯޅަ އެމްވީގެ އެޑިޓަރ އާއިދާ އަބްދުލް ހަކީމް އެވެ.
ބޯޅަ އެމްވީ އާއި އެކު ވެވުނު އެއްބަސް ވުމުގެ ދަށުން މުބާރާތުގެ އެންމެ ފަހުގެ ޚަބަރާއި މައުލޫމާތު އަދި މުބާރާތުގެ ޕޮއިންޓް ޓޭބަލް ބޯޅަ އެމްވީގެ ސައިޓުން ފެންނާނެއެވެ.
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވިލި މުއްސަސާ ކަޕްގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. މީޑިޔާ ޕާޓްނަރަކީ ވަންއޮންލައިން އެވެ. ސަޕޯޓިން ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ގާޑަން ބްރީޒެވެ. މުބާރާތުގެ އެންޓަޓެއިންމަންޓް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ބިދަބިންއެވެ. އެ މުބާރާތުގެ އޮފިޝަލް އިވެންޓްސް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސައިޓް އެންޑް ސައުންޑްސްއެވެ.
މިއީ ވިލި މުއައްސަސާ ކަޕް ބާއްވާ ތިންވަނަ އަހަރެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. ފާއިތުވެދިޔަ ދެ އަހަރު ވެސް އެ މުބާރާތް ބާއްވާފައިވެއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި އެމްޓީސީސީ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ވިލިމާލެ ހިޔާއެވެ. އަދި 2017 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ.
ވިލި މުއައްސަސާ ކަޕްގެ މައިގަނޑު މަގުސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީ އެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ.