News
16 އަހަރުން ދަށުގެ ގައުމީ ޓީމަށް ހަނާންގެ ފުރަތަމަ ހެޓްރިކް
17 އޮކްޓޯބަރު 2019
ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ ޔުއެފާ އެސިސްޓް 16 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ފެރޯ އައިލެންޑްސް އަތުން 10-3 އިން ބަލިވި މެޗްގައި ރާއްޖޭގެ ޓީމްގެ ޖާރޒީ ނަންބަރު 7 މުހައްމަދު ހަންނާން އާދަމް ގައުމީ ޓީމަށް ފުރަތަމަ ފަހަރަށް ހެޓްރިކް ހަދައިފިއެވެ.
މެޗުގެ ވަރަށް ކުރީކޮޅު ހަނާން ދެ ލަނޑު ޖަހައި ރާއްޖެ އަށް ރަނގަޅު ލީޑެއް ނަގައިދިނެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ފެރޯ އައިލެންޑްސް އިން ވަނީ ފަހަރުން އަރައި ލީޑު ނަގައިފަ އެވެ.
ފުރަތަމަ ހާފުގެ ވަރުގަދަ ގޭމާ އެކު، ދެ ވަނަ ހާފުގައި ރާއްޖޭގެ ކުޅުމަށް މަޑުޖެހިލުމެއް އައި ވަގުތު ފެރޯ އައިލެންޑްސް އިން ކުރިއަށް ޖެހި ތަފާތު ބޮޑުކޮށްލި އެވެ. ހަނާންން ހެޓްރިކް ފުރިހަމަ ކުރީ ދެ ވަނަ ހާފުގެ ތެރޭގަ އެވެ. ހަނާން ވަނީ މެޗްގައި މޮޅު ކުޅުމެއް ދައްކައިފައެވެ. އިއްޔެގެ މެޗްގައި ޖެހި 3 ގޯލާއި އެކު ގައުމީޓީމަށް ހަނާންވަނީ 4 ގޯލް މިހާތަނަށް ކާމިޔާބުކޮށްފައެވެ.
އަދި ތަފާތު ބޮޑުކޮށް ބަލިވި ނަމަވެސް ރާއްޖޭގެ ޒުވާން ކުޅުންތެރިންގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.
ދެން މި މުބާރާތުގައި ރާއްޖޭގެ ޓީމް ވާދަކުރާނީ ކެމްބޯޑިޔާ އާ އެވެ. މި މެޗް އޮންނާނީ މާދަމާއެވެ.
FAM UEFA Assist U15