News

މިއަދުގެ މެޗްގައި އޮގީނެތް ތަން ފޫބައްދާނީ ފޯކައިދޫ އަށް އުފަން ނަވާޒް: ފޯކައިދޫ ކޯޗް

15 އޮކްޓޯބަރު 2019






ދިވެހި ޕްެރިމިއަރ ލީގުގައި އެންމެ ފަހުން ފޯކައިދޫ އާއި ނިލަންދޫ ބައްދަލު ކުރި މެޗްގައި އެޓީމުގެ ވައިސްކެޕްޓަން ޖައިލަމް( އޮގީ) އަށް ރަތް ކާޑުދެއްކުމުގެ ސަބަބުން ސަސްޕެންޝަންގައި ހުރުމުން އެތަން މިއަދުގެ މެޗްގައި ފޫބައްދާނީ ފޯކައިދޫ އަށް އުފަން ނަވާޒް ކަމަށާއި އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދާނެ ކަމަށް އުއްމީދު ކުރާކަމަށް ފޯކައިދޫގެ ކޯޗް އަލީ ނިސްތާރު މުޙައްމަދު ބުނެފިއެވެ. 

މިއަދު ހަވީރު 16:00 ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލު ކުރާނީ ފޯކައިދޫ އާއި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ. މެޗްގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ނިސްތާރު ބުނީ ވިކްޓްރީ ކޮންމެ ހާއްލެއްގައި އޮތްކަމުގައި ވިޔަސް އެޓިމަކީ އަންޑަރ އެސްޓިމޭޓް ކުރެވޭނެ ޓީމެއް ނޫންކަމަށެވެ. 

19 އަހަރުން ދަށުގެ ޓީމުގެ 4 ވަރަކަށް ކުޅުންތެރިން ވިކްޓްރީ ޓީމުގައި ހިމެނޭކަން ފާހަގަ ކޮށް ނިސްތާރު ބުނީ އެކުޅުންތެރިން ބޮޑު ދެމުބާރާތް ނިންމާ އަދި ރަނގަޅު ޓްރެއިނިން އެއް ލިބި މިއަދުގެ މެޗަށް ނިކުތުމަކީ ވިކްޓްރީ އަށް އޮތް އެޑްވާންޓޭޖެއް ކަމަށެވެ. އަދި އެކުދިންގެ ފަރާތުން ތަފާތު ކުޅުމެއް ފެނިގެން ދާނެ ކަމަށްވެސް ނިސްްތާރު ފާހަގަ ކުރިއެވެ. 

ލީގު ތާވަލަށް ބަލާއިރު މިވަގުތު ވިކްޓްރީ އެއްވެސް ޕޮއިންޓެއް ނުލިބި އެންމެ ފުލުގައި، ގެއްލުން 36 ގޯލާއި އެކު އޮތްއިރު ފޯކައިދޫ އޮތީ 12 ޕޮއިންޓާއި އެކު ތާވަލުގެ 6 ވަނައިގައެވެ. ލީގުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ނިލަންދޫ އާއި ޔުނައިޓެޑް ވިކްޓްރީއެވެ. މިމެޗް ފެށުމަށް ހަމަޖެހިފައިވަނީ 21:00 ގައެވެ. 

DPL2019-20

Leave a Comment:

Comments will be published after moderation.