News
ނިއުރޭޑިއަންޓްގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް އަންނަ ސީޒަންގެ ކުރިން ފެށިގެންދާނެ: މިނިސްޓަރ އަލީ ވަހީދު
14 އޮކްޓޯބަރު 2019
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ މަސައްކަތް އަންނަ ސީޒަންގެ ކުރިން ފެށިގެންދާނެ ކަމަށް ގައުމީ ޓީމް ކޮމިޓީގެ ޗެއަރމަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިއަދު މީޑިއާ ތަކާއި ބައްދަލުކޮށް އަލީ ވަހީދު ވިދާޅުވީ ގައުމީޓީމް ގައުމީޓީމަކަށް ވަނީ ވަރަށް ގިނަ ކަންތައްތަކެއް އެކުލެވިގެން ކަމަށާއި، އެހެންކަމުން ކްލަބްތަކުގެ އެހީވެސް ގައުމީ ޓީމަށް ބޭނުންވާ ކަމަށެވެ.
އެގޮތުން ނިއުރޭޑިއަންޓް އަދި ވިކްޓްރީގެ މައްސަލަ އަށް ޚާއްސަ ސަމާލުކަމެއްދީ އަންނަ ސީޒަންގެ ކުރިން ސޮލިއުޝަނެއް ހޯދުމުގެ މަސައްކަތް ފެށިގެންދާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ ނިއުރޭޑިއަންޓް އަދި ވިކްޓްރީގެ މައްސަލަ އަކީ އެންމެ ގިނަ މީހުން ކަންބޮޑުވާ މައްސަލަ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ ދަރަނި ހުރީ ކިހާ ވަރެއްތޯ އާއި އަދި އެދަރަނިތައް ދެއްކޭނީ ކިހިނެއްތޯ ބަލައި އެމަސައްކަތް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި މަޝްވަރާތަކެއް ކުރެވިފައިވާކަމަށެވެ. ރާއްޖޭގެ ދެ ބްރޭންޑް ނެތި އުވިދާއިރު ކޮންމެވެސް ބަޔަކު އެކަމުގެ ޒިންމާ ނަގަން ޖެހޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
ކުޅުންތެރިންނަށް މުސާރަ ނުދެވުމުގެ ސަބަބުން އެފްއޭއެމް އިންވަނީ ނިއުރޭޑިއަންޓް ފުޓުބޯޅަ އިން ސަސްޕެންޑް ކޮށްފައެވެ. އަދި ފީފާއިން ވެސް އެމައްސަލަ ބަލާ ނިއުރޭޑިއަންޓާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ވަނީ ދެފަހަރު މަތިން އިންޒާރު ދީފައެވެ.
FAM