News

ލޯމެޑަލް ހޯދި ޒުވާން ޓީމުގެ އޮފިޝަލުން ހިމެނޭހެން ކޮންމެ މީހަކަށް 20000 ރުފިޔާ

14 އޮކްޓޯބަރު 2019






ސާފް ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ ކޮލިފިކޭޝަންގައި ބްރޯންޒް މެޑަލް ހޯދި ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށާއި ކޮންމެ އޮފިޝަލަކަށް ބޯނަސްގެ ގޮތުގައި 20،000 ރުފިޔާ ދެއްވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

19 އަހަރުންދަށުގެ ޓީމު ބްރޯންޒް މެޑަލް ހޯދުމުން އެކަން ސަރުކާރުން އަގުވަޒަން ނުކުރާ ކަމަށް ކުޅުންތެރިޔެއްގެ ބެލެނިވެރިޔަކު ކޮށްފައިވާ ޕޯސްޓަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ބްރޯންޒް މެޑަލް ހޯދުމުން ރަތް ދޫލައިގައި މަރުހަބާ ނުކިޔޭނެ ކަމަށެވެ. ނަމަވެސް ސަރުކާރުން އެކަމުގެ އަގުވަޒަން ކުރާނެ ކަމަށް މިނިސްޓަރ މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބު ކުރުމުން އޭރު ދިނީ ކޮންމެ ކުޅުންތެރިޔަކަށް 35000 ރުފިޔާ ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރު އައިސް އިނާމު ފައިސާ ދޭ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. ކުރިން ބްރޯންޒް މެޑަލް ހޯދުމުން ދޭ 5000 ރުފިޔާ މިހާރު 20000 ރުފިޔާއަށް ބަދަލު ގެނެސްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދެން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފިނަމަ ކޮންމެ ކުޅުންތެރިޔަކަށް 250000 ރުފިޔާ ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ މަހު ޗައިނާ އާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ކޮށްލިޔަސް ކޮންމެ ކުޅުންތެރިޔަކަށް 100،000 ރުފިޔާ ދެއްވާނެ ކަމަށް ވިދާޅުވުމުން ކުރިމަތިވި ފާޑުކިޔުންތަކަށް އިޝާރާތްކޮށް މަހްލޫފް ވިދާޅުވީ މިނިސްޓްރީގެ ބަޖެޓުން ކުޅިވަރަށް ކަނޑައެޅިފައިވާ ބައިން ކުޅިވަރު ފިޔަވައި އެހެން ކަމަކަށް ހޭދަ ނުކުރެވޭނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުން ކަންކަން ކޮށްދޭއިރު އެއްވެސް ކުޅިވަރެއްގައި އަންހެން ފިރިހެން ތަފާތު ނުކުރުމަށާއި ކޯޗުންނާއި ކުޅުންތެރިންނަށްވެސް ހަމަހަމަ ކުރާނެ ގޮތެއްގެ މަތިން ކަންކަން ހަމަޖެއްސުމަށް އެންމެ ފުރަތަމަ ދުވަހުވެސް ސްޕޯޓްސް ކައުންސިލްގައި އެދިފައިވާނެ ކަަމަށެވެ.

19 އަހަރުން ދަށުގެ ޓީމު ހޯދި ކާމިޔާބަކީ ސަރަހައްދީ ފުޓްބޯޅައިގައި ރާއްޖޭގެ ޖޫނިއާ ޓީމެއް މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބެވެ. 

AFC U19 CHAMPIONSHIP

Leave a Comment:

Comments will be published after moderation.