News
ދެން ބޮޑަށް އިސްކަން ދޭނީ އަތޮޅުތެރޭގެ ރައްރަށުގެ ވޮލީ ކުރިއެރުވުމަށް: ކާއްޓެ ކޯޗް
11 އޮކްޓޯބަރު 2019
ދެން ބޮޑަށް ފެނިގެން ދާނީ އަދި އިސްކަން ދޭނީ އަތޮޅުތެރޭގެ ރައްރަށުގެ ވޮލީ ކުރިއެރުވުމަށް ކަމަށް ގައުމީ ވޮލީޓީމުގެ ކުރީގެ ހެޑް ކޯޗް މުހައްމަދު(ކާއްޓެ) ބުނެފިއެވެ.
ގައުމީ ވޮލީ ޓީމަށް ސަބިޔާއަށް 1996 ވަނަ އަހަރު ޔޫގޮސްލާވިއާއަށް އެފްއައިވީބީ ވޯލްޑް ލީގުން ތިންވަނަ ހޯދައިދިން މިލޮރަޑް ކިއަޗް ހަމަޖެއްސިކަން ކުޅިވަރު މިނިސްޓަރު އަހްމަދު މަހުލޫފް އިއުލާން ކުރުމާއި ގުޅިގެން ބޯޅަ އެމްވީއަށް އިންޓަވިއު ދެމުން ކާއްޓެ ބުނީ " އަބަދުވެސް ދިވެހި ވޮލީބޯޅަ އަށް ކާމިޔާބީ އަށް އެދެން. ގައުމީ ޓީމަށް ޚިދުމަތް ކުރަން ލިބުމަކީ ލިބުނު ބޮޑު އުފަލެއް. އައު ކޯޗާއިއެކު ދިވެހި ވޮލީ ބަދަލުވެގެން ދާނެކަމަށް އުއްމީދުކުރަން" ކަމަށެވެ.
ކާއްޓެ ވަނީ ކުޅުންތެރިންނާއި އަދި އޭނާއާއި އެކު މަސައްކަތް ކުރި ކޯޗިން ސްޓާފުންނަށް ޝުކުރު އަދާކޮށްފައެވެ.
ކާއްޓެގެ ކޯޗް ކަމުގެ ދަށުން މިދިޔަ އަހަރާއި މިއަހަރު ގައުމީޓީމް ވަނީ ބޭރުގެ މުބާރާތް ތަކުގައި ގައުމު ތަމްސީލް ކޮށްފައެވެ.ރާއްޖޭގައި އުފެދުނު މަދު ހުނަރުވެރި ކުޅުންތެރިންގެ ތެރޭ ކާއްޓެ އަކީ ގުނާލެވޭ ކުޅުންތެރިއެކެވެ.
Volleyball