News

އެއްވެސް މެޗަކުން ބަލިނުވެ މާޒިޔާ އިން 14އަހަރުން ދަށުގެ ލީގް ޗެމްޕިއަންކަން ހޯދައިފި

8 އޮކްޓޯބަރު 2019






ދިރާގް 14 އަހަރުން ދަށުގެ ޔޫތު ލީގް ފައިނަލް މެޗްގައި ހުޅުމާލޭ ސްޕޯޓްސް ސުކޫލްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން މެޗް ކާމިޔާބުކޮށް ޗެމްޕިއަން މާޒިޔާ އެކަޑަމީ އިން ހޯދައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު ފައިނަލު މެޗުގައި މާޒިޔާ އިން ކާމިޔާބު ކުރި ދެލަނޑު ކާމިޔާބު ކުރީ އެޓީމުގެ މުހައްމަދު އިޔާން ހަސަން އެވެ. ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ، މެޗުގެ 33 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އޭގެ ތިން މިނެޓް ފަހުންނެވެ.

މާޒިޔާ އާއި ހުޅުމާލޭ ސްޕޯޓްސް ސްކޫލް ފައިނަލުގެ ޖާގަ ހޯދީ، ލީގް އުސޫލުން ކުޅުނު ބުރުގެ އެއް ވަނަ އާއި ދެ ވަނަ ހޯދައިގެންނެވެ. މާޒިޔާ އެއް ވަނަ ހޯދީ ކުޅުނު ހަ މެޗުން ވެސް މޮޅުވެ 18 ޕޮއިންޓް ހޯދައިގެންނެވެ. ހުޅުމާލޭ ސްޕޯޓްްސް ސްކޫލް ވަނީ ފަސް މެޗުން މޮޅުވެފަ އެވެ.

 

މި އަހަރުގެ މުބާރާތުގެ ކުރިން މާޒިޔާގެ 14 އަހަރުން ދަށުގެ ޓީމުން ވަނީ، އަވަށްޓެރި އިންޑިއާގެ ޗެންނާއީގައި ބޭއްވި އިންޓަނޭޝަނަލް ކަޕް އޮފް ޖޯއީ މުބާރާތުގައި ވާދަ ކޮށް އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދީ، ފައިނަލުގައި ބެންގަލޫރުގެ ބެންގަލޯރ ފުޓްބޯޅަ އެކެޑެމީގެ ޓީމު ބަލި ކުރުމަށް ފަހު އެވެ.

U-14 Youth League

Leave a Comment:

Comments will be published after moderation.