News

ލުބުނާން އަތުން ބަލިވެ ޒުވާން ޓީމް ކޮލިފިކޭޝަން ނިންމާލައިފި

6 އޮކްޓޯބަރު 2019






އޭއެފްސީ ކޮލިފިކޭޝަންގައި ވާދަކުރި ރާއްޖޭގެ ޒުވާން ޓީމް އޭއެފްސީ ކޮލިފިކޭޝަން އިން ޕޮއިންޓެއް ނުލިބި މުބާރާތް ނިންމާލައިފިއެވެ. 

ރާއްޖޭގެ ޓީމް 18 އަހަރުން ދަށުގެ ޓީމް މިއަދު ގްރޫޕްގެ ފަހު މެޗްގައި ލުބްނާން އާއި ވާދަކޮށް 2-0ގެ ނަތީޖާ އަކުން ވަނީ ބަލިވެފައެވެ. މި މުބާރާތުގައި ރާއްޖޭގެ ޓީމުކޮޅަށް ވަނީ 12 ގޯލް ވަދެފައެވެ. 

ރާއްޖެ ހިމެނޭގުރޫޕްގައި ހިމެނެނީ ތަޖަކިސްތާނާއި ސީރިޔާ އަދި މިއަދު ކުޅުނު ލުބްނާން އެވެ. ސީރިޔާ އަތުން ރާއްޖެ ބަލިވީ 3-2 އަކުންނެވެ. އަދި ތަޖަކިސްތާން އަތުން ރާއްޖެ 9-0ގެ ބޮޑު ތަފާތަކުން ރާއްޖެ ބަލިވި މެޗު ރާއްޖޭގެ ޓީމް ކުޅުނީ ސާފް ޗެމްޕިއަންޝިޕްގެ ތިންވަނަ ހޯދުމަށްފަހު ދިގު ދަތުރެއް ކުރުމަށްފަހު ނުނިދާތިބެއެވެ. 

މިމުބާރާތުގައި ރާއްޖޭގެ ޒުވާން ޓީމުގެ ނަތީޖާތައް ރަނގަޅުކަމަށް ގިނަކޯޗުންވަނީ ފާހަގަ ކޮށްފައެވެ. މިޓީމަކީ މުސްތަގުބަލުގައި ރާއްޖޭގެ ސީނިޔާޓީމްގެ ގޮތުގައި ފެނިގެންދާނެ ޓީމްކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.  

AFC Under 19

Leave a Comment:

Comments will be published after moderation.