News
12އަހަރުން ދަށުގެ ލީގް: ކާއިންގެ ހެޓްރިކުން އީޓީއެފްއޭ އަށް ބޮޑު މޮޅެއް
6 އޮކްޓޯބަރު 2019
އެކަޑަމީ ތަކަށް ހުޅުވާލައިގެން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ 14 އަހަރުން ދަށުގެ ލީގުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗް އެމްއެސް ހެލްޕިން ހޭންޑް އާއި ވާދަކޮށް އީޓީއެފްއޭއިން ކާމިޔާބު ކޮށްފިއެވެ. މި މެޗް އީޓީއެފްއޭއިން ކާމިޔާމިޔާބުކޮށްފައިވަނީ 5-0ގެ ނަތީޖާ އަކުންނެވެ.
ފުރަތަމަ ހާފްފެށިގެން ދެޓީމްގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި އެއްވަރު ކުޅުމެކެވެ. ނަމަވެސް މެޗްގެ 20 ވަނަ މިނެޓްގައި އީޓީއެފްއޭއިންވަނީ އެމީހުންގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖާރޒީ ނަންބަރ 10 ޔޫސުފް އަޔާން އާމިރް އެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0 ގެ ނަތީޖާ އަކުން އީޓީއެފްއޭ ކުރީގައި އޮވެގެންނެވެ.
ފަހު ހާފް ފެށިގެން ގާތް ގާތުގައި 3 ގޯލް ކާމިޔާބުކޮށް އީޓީއެފްއޭގެ އަހްމަދު ކާއިން ގަޔާޝް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ކާއިންގެ ހެޓްރިކް ފުރިހަމަ ކުރިތާ ތިން މިނެޓްފަހުން އީޓީއެފްއޭގެ ޒޯރަން ނަޝީދު ވަނީ އީޓީއެފްއޭ އަށް ލީޑް ފުޅާކޮށް ދީފައެވެ. މެޗް ނިމިގެން ދިޔައީ 5-0ގެ ބޮޑު ނަތީޖާ އަކުން އީޓީއެފްއޭ މެޗްކާމިޔާބު ކޮށްގެންނެވެ.
އެފްއޭއެމް އިން ދަނީ ޒުވާން ކުޅުންތެރިން އުފެއްދުމަށްޓަކައި ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން 12 އަހަރާއި 14 އަހަރުގެ ލީގް އެކަޑަމީ ތަކަށް ހުޅުވާލެވިގެން ދަނީ ބާއްވަމުންނެވެ. އެފްއޭއެމް އިން ގަބޫލު ކުރާގޮތުގައި މި ލީގްތައް ކުޅުމުގެ ސަބަބުން ޅައުމުރުގައި ކުޅުންތެރިންނަށް ކުރިއާއި ޚިލާފަށް މެޗް ތަޖުރިބާ ލިބި ބައިނަލް އަގުވާމީ މުބާރާތްތަކަށް ގައުމީޓީމުތައް ތައްޔާރު ކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.
U-12 Youth League