News

12އަހަރުން ދަށުގެ ލީގް: އީގަލްސް އަތުން މާޒިޔާ އަށް ހަނި މޮޅެއް

5 އޮކްޓޯބަރު 2019






އެކަޑަމީ ތަކަށް ހުޅުވާލައިގެން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ 12 އަހަރުން ދަށުގެ ލީގުގައި އިއްޔެ ކުޅުނު ދެވަނަ މެޗް އީގަލްސްއާއި ވާދަކޮށް 2-1ގެ ހަނި ނަތީޖާއަކުން މާޒިޔާ ކާމިޔާބު ކޮށްފިއެވެ. 

މި މެޗްގެ ފުރަތަމަ ހާފް ނިމިެންދިޔައީ 1-1ގެ ނަތީޖާ އަކުން ދެޓީމް އެއްވަރުވެގެންނެވެ. މެޗްގެ ފުރަތަމަ ގޯލް ކާމިޔާބުކުރީ މާޒިޔާއިންނެވެ. މި ގޯލް މެޗްގެ 2 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މާޒިޔާގެ ޖާރޒީ ނަންބަރު 11 ޔޫނުސް ޚަލީލް އަބްދުﷲ އެވެ.

އޭގެ 19 ވަނަ މިނެޓް ފަހުން އީގަލްސް އަށް ނަތީޖާ ހަމަ ހަމަ ކޮށްދިން ލަނޑު ކާމިޔާބު ކޮށްދިނީ އެޓީމުގެ އިބްރާހިމް އަވްސަމް އަބްދުﷲ އެވެ. މާޒިޔާ މޮޅުކޮށްދިން ގޯލް މެޗްގެ ފަހު ހާފްގައި ކާމިޔާބު ކޮށްދިނީ ޖާރޒީ ނަންބަރު 10 މުހައްމަދު ޝަމްހާންއެވެ. 

އެފްއޭއެމް އިން ދަނީ ޒުވާން ކުޅުންތެރިން އުފެއްދުމަށްޓަކައި ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން 12 އަހަރާއި 14 އަހަރުގެ ލީގް އެކަޑަމީ ތަކަށް ހުޅުވާލެވިގެން ދަނީ ބާއްވަމުންނެވެ. އެފްއޭއެމް އިން ގަބޫލު ކުރާގޮތުގައި މި ލީގްތައް ކުޅުމުގެ ސަބަބުން ޅައުމުރުގައި ކުޅުންތެރިންނަށް ކުރިއާއި ޚިލާފަށް މެޗް ތަޖުރިބާ ލިބި ބައިނަލް އަގުވާމީ މުބާރާތްތަކަށް ގައުމީޓީމުތައް ތައްޔާރު ކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

U-12 Youth League

Leave a Comment:

Comments will be published after moderation.