News

12އަހަރުން ދަށުގެ ލީގް: ބޮޑު ތަފާތަކުން ބީޖީގެ މައްޗައް ޓީސީއިން ކުރި ހޯދައިފި

5 އޮކްޓޯބަރު 2019






އެކަޑަމީ ތަކަށް ހުޅުވާލައިގެން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ 12 އަހަރުން ދަށުގެ ލީގުގައި އިއްޔެ ކުޅުނު މެޗް 6-0 ގެ ނަތީޖާ އަކުން ޓީސީ ސްޕޯޓްސް ކްލަބް އެކަޑަމީ އިން ބީޖީ ސްޕޯޓްސް އެކަޑަމީ ބަލިކޮށްފިއެވެ. 

ފުޓުބޯޅަ އެސޯސިއޭޝަންގެ މިނީ ޓާފް ދަނޑުގައި ކުޅުނު މިމެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 2-0 ގެ ނަތީޖާ އަކުން ޓީސީ ކުރީގައި އޮވެގެންނެވެ. ޓީސީގެ އަނެއް 4 ގޯލް ފެނިގެން ދިޔައީ މެޗްގެ ފަހު ހާފްގައެވެ. ޓީސީގެ ގޯލްތައް ކާމިޔާބު ކޮށްފައިވަނީ މުހައްމަދު އިލަން އިމްރާން އާއި އަހްމަދު ހަމްދާން އަޒްލީންގެ އިތުރުން މުހައްމަދު ނައިސަމްއެވެ. މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ 2 ގޯލް ޓީސީ އަށް ކާމިޔާބު ކޮށްދީފައެވެ.

އެފްއޭއެމް އިން ދަނީ ޒުވާން ކުޅުންތެރިން އުފެއްދުމަށްޓަކައި ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން 12 އަހަރާއި 14 އަހަރުގެ ލީގް އެކަޑަމީ ތަކަށް ހުޅުވާލެވިގެން ދަނީ ބާއްވަމުންނެވެ. އެފްއޭއެމް އިން ގަބޫލު ކުރާގޮތުގައި މި ލީގްތައް ކުޅުމުގެ ސަބަބުން ޅައުމުރުގައި ކުޅުންތެރިންނަށް ކުރިއާއި ޚިލާފަށް މެޗް ތަޖުރިބާ ލިބި ބައިނަލް އަގުވާމީ މުބާރާތްތަކަށް ގައުމީޓީމުތައް ތައްޔާރު ކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ. 

U-12 Youth League

Leave a Comment:

Comments will be published after moderation.