News

ޔޫތު ޗެމްޕިއަންޝިޕްގެ ގުރުލުން މިއަދު

27 ޖެނުއަރީ 2019






ގާތްގަނޑަކަށް ހަފްތާއެއް ފަހުން ފެށުމަށް ތައްޔާރުވަމުން އަންނަ އެފް.އޭ.އެމް ޔޫތު ޗެމްޕިއަންޝިޕްގެ ގުރުލުން މިއަދު އޮންނާނެއެވެ.

މުބާރާތުގެ ފުރަތަމަ ބުރު ކުޅެވޭނީ ދެ ގްރޫޕަކަށް ބަހާލެވިގެން ކަމަށް ލަފާކުރެވެއެވެ. އަދި ކޮންމެ ގްރޫޕެއްގެވެސް އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމް ސެމީއަށް ދާނެއެވެ. ސެމީގައި ކުޅޭނީ އެއް ގްރޫޕުގެ އެއްވަނަ އަދި އަނެއް ގްރޫޕުގެ ދެވަނަ އެވެ. މި ދެމެޗުން މޮޅުވާ ދެ ޓީމް ފައިނަލްގައި ވާދަކުރާނެއެވެ.

މިއަހަރުގެ މުބާރާތް ވެގެންދާނީ އެންމެ ފޯރިގަދަ އެއް މުބާރާތަށެވެ. މިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރާނީ ކްލަބް އީގަލްސް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ޓީސީ ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ޑަ ގްރާންޑޭ އަމިގޯސް ނިއު ޖެނެރޭޝަން (ޑަ ގޭންގް)، ފޯކައިދޫ ފުޓުބޯލް ކްލަބް އަދި އޭދަފުށި ކްލަބެވެ.

މުބާރާތުގައި ވިދާލާ ކުޅުންތެރިން 23 އަހަރުން ދަށުގެ ޤައުމީ ޓީމަށް ނަގާނެ ކަމަށް ބެލެވެއެވެ. 23 އަހަރުން ދަށުގެ ޤައުމީ ޓީމް މިއަހަރު މާޗުގައި ފެށޭ އޭ.އެފް.ސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފިކޭޝަންގައި ވާދަކުރުމަށް ތައްޔާރުވުމަށް މިއަދު ފަރިތަކުރުންތައް ފަށާނެއެވެ. މިއީ އެފް.އޭ.އެމްއިން ޔޫތު ޗެމްޕިއަންޝިޕް އަވަހަށް ބާއްވާ އަވަހަށް ނިންމުމަށް މަސައްކަތް ކުރާ އެއް ސަބަބުވެސް މެއެވެ.

ފޮޓޯ: މާޒިޔާ ފޭސްބުކް

2020 AFC U-23 Championship Qualification Club Eagles Club Green Streets Da-GANG Eydhafushi Football Team FAM U-21 Youth Championship Foakaidhoo Sports Club Maziya Sports and Recreation Club New Radiant Sports Club TC Sports Club Victory Sports Club

Leave a Comment:

Comments will be published after moderation.