News
ޓޫރިޒަމް ދުވަހާއި ގުޅިގެން ބޭއްވި ކިޑްސް ފުޓްބޯޅަ ފިއެސްޓާގެ ޗެމްޕިއަންކަން ގާޒީ ސްކޫލުން ހޯދައިފި
3 އޮކްޓޯބަރު 2019
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުމުގެ ގޮތުން ޔޫތު މިނިސްޓްރީން ހިންގި ހަރަކާތްތަކުގެ ތެރެއިން މާލޭގެ ސުކޫލްތަކަށް ހާއްސަކޮށްގެން ބޭއްވި "ކިޑްސް ފުޓްބޯޅަ ފިއެސްޓާ" ގެ ޗެމްޕިއަންކަން ގާޒީ ސްކޫލުން ހޯދައިފިއެވެ.
މާލޭގެ ސުކޫލުތަކުން 17 ޓީމެއް ވާދަކުރި "ކިޑްސް ފުޓްބޯލް ފިއެސްޓާ" ކުރިޔަށް ދިއަކީ ނޮކުއައުޓް ސިސްޓަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކުޅެފައިވަނިީ ރައުންޑު އޮފް ސެވަންޓީންއެވެ. ހެނދުނު 10:30 ހާ ހަމައަށް ކުރިޔަށްދިޔަ މި ރައުންޑުގައި ޖުމްލަ 9 މެޗެއް ކުޅެފައެވެ.
މި ފިއެސްޓާ ގެ ފައިނަލް މެޗު ފަށާފައިވަނި ހަވީރު 16:30 ގައި މި މެޗް ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙްއެވެ. އިއްޔެ ހެނދުނު އިންފެށިގެން ހެންވޭރު ދަނޑުގައި ކުރިޔަށް ދިޔަ ކިޑްސް ފުޓްބޯލް ފިއެސްޓާގެ ތަށި ގާޒީ ސުކޫލުން އުފުލާލީ 2-0 ން މަޖީދިއްޔާ ސުކޫލު ބަލިކޮށެވެ.
ހުރިހާ މެޗުތަކަކުން މޮޅު ކުޅުންތެރިންނަށް ހޮވުނު ކުޅުންތެރިންނަށް ޓްރޮފީ ހަވާލު ކުރީ ފިއެސްޓާގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވި ރެއާލްމެޑްރިޑްގެ ލެޖެންޑް މިޝެއިލް ސަލްގާޑޯއެވެ.
އަދި މި ފިއެސްޓާއަށް ފަހު އަންނަ އަހަރު ދުބާއީގައި އޮންނަ ކޮންޓިނެންޓަލް މުބާރާތުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ 13 އަހަރުން ދަށުގެ ޓީމެއް ބައިވެރިކުރަން ނިންމާފައިވާއިރު އެ މުބާރާތުގައި ރާއްޖޭއިން ބައިވެރިވުމަށް ރަސްމީ ދައުވަތު ވަނީ ހަވާލު ކޮށްފައެވެ. މި ދައުވަތު ހަވާލު ކުރީ ސަލްގާޑޯ، ރާއްޖޭގެ ފަރާތުން ދައުވަތާއި ހަވާލުވީ ޓޫރިޒަމް މިނިސްޓަރާއި ކުޅިވަރާއިބޭހޭ ވަޒީރު އަހްމަދު މަޙްލޫފްއެވެ.
މި ފިއެސްޓާގައި ބައިވެރިވި ކުދިންގެ ތެރެއިން އެންމެ ރަނގަޅު 3 ކުއްޖަކަށް ވަނީ މިޝެލް ސަލްގާޑޯ އިންތިޒާމުކޮށްގެން ދުބާއީގައި ކުރިޔަށް ގެންދާ ސްޕެނިޝް ސޮކާ ސްކޫލުގައި އެއްކުއްޖަކަށް ތަމްރީން ހެދުމުގެ ފުރުސަތު ލިބިފައެވެ. އަދި ސްޕެނިޝް ލަލީގާގައި ވާދަކުރާ ސެލްޓަ ވިގޯގެ އެކަޑަމީގައި ޓްރެއިނިން ހެދުމުގެ ފުރުސަތު ދެ ކުއްޖަކަށް ވަނީ ލިބިފައެވެ.
ސަލްގާޑޯގެ އެކަޑަމީގައި ޓްރެއިނިން ހެދުމުގެ ފުރުސަތު 11 އަހަރުން ދަށުގެ ކުޅުންތެރިއެއް ކަމަށްވާ އީތަން އިބްރާހިމް ޒަކީ އަށް ލިބުނު އިރު ސެލްޓަ ވިގޯގެ އެކަޑަމީގައި ޓްރެއިނިން ހެދުމުގެ ފުރުސަތު ލިބުނީ މުހައްމަދު އައިހަމް އިބްރާހީމް އާއި ހުސައިން އާއިޝް އަބްދުލް ވާހިދު އަށެވެ.
މި ފުރުސަތުގެ ދަށުން އީތަންއަށް މިޝެލް ސަލްގާޑޯ ދުބާއީގައި ކުރިޔަށް ގެންދާ ސްޕެނިޝް ސޮކާ ސްކޫލުގައި އެއްމަސް ދުވަހު ތަމްރީތައް ހެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ރަސްމިއްޔާތުގައި ރާއްޖެގެ ރައީސުލްޖުމްހޫރިއްޔާއަށް ސެލްޓަ ވިގޯ ގެ ޖާޒީއެއްވަނީ ހަދިޔާ ކޮށްފައެވެ. ސެލްޓަ ވިގޯ އަކީ ސަލްގާޑޯގެ ފުޓްބޯޅަ ކެރިއަރު ފެށި ޓީމްއެވެ.